ޑްރަވިން ނޫނޭޒް
އުމުރު:
24
ކުލަބް:
ލިވަޕޫލް
ޖާޒީ ނަންބަރު:
11
އިސްކޮޅު:
-
ޕޮޒިށަން:
ފޯވާޑް

ނޫނޭޒަކީ އުރުގުއޭގެ މިހާރުގެ އެންމެ މޮޅު ފޯވަޑެވެ. ޕޯޗުގަލްގެ ބެންފީކާއިން އޭނާގެ ސޮއި 2019 ވަނަ އަހަރު ހޯދީ 24 މިލިއަން ޔޫރޯ އަށެވެ. މިއީ ބެންފީކާގެ ރެކޯޑް ޓްރާންސްފާއެކެވެ. މިއަށްފަހު 2022 ވަނަ އަހަރު ލިވަޕޫލުން އޭނާ ގަތީ 75 މިލިއަން ޔޫރޯ އަށެވެ.

އުރުގުއޭގެ ޒުވާން ޓީމުތަކުގައި މޮޅު ކުޅުމެއް ދެއްކުމާވެސް އެކު އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ނެގީ 2019 ވަނަ އަހަރު ޕެރޫއާ ދެކޮޅަށް ކުޅޭށެވެ. މިއަދާ ހަމައަށް އޭނާ ވަނީ ގައުމީ ޓީމަށް 23 މެޗު ކުޅެދީ 11 ގޯލު ޖަހައިފަ އެވެ.

އަދި ކޮޕާ އެމެރިކާގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ހެޓްރިކެއް ހަދައިދީ ސަޕޯޓަރުންނަށް އުއްމީދެއް ދިނެވެ. ސަބަބަކީ ލިވަޕޫލްގައި ނިމިދިޔަ ސީޒަނުގެ ފަހުކޮޅު އޭނާގެ ފޯމު ކަޓާފައި ހުރުމުގެ ސަބަބުން ލިބުނު ގިނަ ފުރުސަތުތަކެއް ނަގާލެވިފައިވާތީ އެވެ.

ނޫނޭޒަކީ ގޯލު ކުރިމަތީގައި ނުރައްކާތެރި ފޯވަޑެކެވެ. ހާއްސަކޮށް މަތިން ކުޅޭ ބޯޅަތަކަށެވެ. ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސެންޓަ ފޯވަޑަކަށް ނޫނޭޒް ހުރެފިނަމަ އޭނާގެ ޓީމުގެ ދެ އަރިންމަތިންނާއި މެދުން ކުރިއަށް އަރާ ކުޅުންތެރިންނަށް އިތުރު އިތުބާރެއް ލިބިގެންދާނެ ކަމަށެވެ.

އުރުގުއޭ އާއި ބާސެލޯނާގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނީ ނޫނޭޒަކީ އޭނާ އާއި އެޑިންސަން ކަވާނީ ނެތްތަން ފޫބައްދަން އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށެވެ. އަދި ނޫނޭޒް ހުރުމުން ޓީމަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

Copyright © 2024, Raajje Television Pvt Ltd. All rights reserved.