ކެވިން ޑެބްރޫނޭ
އުމުރު:
32
ކުލަބް:
މެންޗެސްޓަރ ސިޓީ
ޖާޒީ ނަންބަރު:
7
އިސްކޮޅު:
-
ޕޮޒިށަން:
މިޑްފީލްޑަރު

ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންނާއި މީޑިޔާތަކުން ސިފަކުރާ ގޮތުގައި ކެވިން ޑްބްރޫނޭ އަކީ "ކޮމްޕްލީޓް" ކުޅުންތެރިއެކެވެ. އާއްމު ގޮތެއްގައި ފޯވަޑެއްގެ ފަހަތުން ނުވަތަ އެޓޭކިން މިޑްފީލްޑަރަކަށް ކުޅުނަސް އޭނާ އަކީ މިޑްފީލްޑާއި ކުރީގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބައެއް ފަހަރު ފޯލްސް ނަންބަރ9 އެއްގެ ގޮތުގައި އޭނާ ބޭނުންކުރަނީ ޑެބްރޫނޭގެ ނިންމާލުންތައް ރަނގަޅުވެފައި އޭނާ އަކީ ވަރަށް ލޯހުޅުވޭ ކުޅުންތެރިއަކަށްވާތީ އެވެ.

ފުޓްބޯޅަ ދިރާސާކުރާ ގިނަބައެއްގެ ނަޒަރުގައި ޑެބްރޫނޭ އަކީ އޭނާގެ ކުލަބުގައި ގާޑިއޯލާގެ ކްރިއޭޓިވް ހަބެވެ. އޭނާގެ ކޯނަރުތަކާއި ހިލޭޖެހުންތަކާއި ތިރިންނާއި މަތިންދޭ ޕާސްތަކުގައި ކޮލިޓީ ހުރެ އެވެ. އެހެން ކުޅުންތެރިން ލައްވައި ކުޅުވަން އޭނާ ދަނެއެވެ. މިހެންވެ އޭނާގެ ބޭނުންކުރިން ކުރިން ނުހިފި ކޯޗުން މިހާރު އެވާހަކަ ދައްކަ އެވެ.

ޑެބްރޫނޭގެ މަންމަ އަކީ ބެލްޖިއަމް މީހެކެވެ. އޭނާގެ ބައްޕަ އަކީ އެފްރިކާ މީހެކެވެ. އޭނާ އުފަންވީ ބުރުންޑީއަށެވެ. އުޅެ ބޮޑުވީ އައިވަރީކޯސްޓްގަ އެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް ތިން ކުދިން ލިބުނު ފަހުން އަންހެނުން އޭނާ ދޫކޮށް ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ލޯބީގެ ގޮތުން ގުޅުނެވެ. މިކަމާހެދި ޑެބްރޫނޭ އާއި ކޯޓުއާ އަކީ ވެސް "ދެހަތުރުން"ނެވެ.

މި ހާދިސާއާ ގުޅޭގޮތުން ޑެބްރޫނޭ ބުނީ ކޯޓުއާ ކުރިކަންތައް ދުވަހަކު ވެސް ހަނދާނުން ނުފޮހެވޭނެ ކަމަށާއި ގައުމީ ޓީމުގައި ދެ މީހުންގެ ގުޅުން އޮންނަނީ ޕްރޮފެޝަނަލް ފެންވަރެއްގައި ކަމަށެވެ.ޑެބްރޫނޭ އަކީ ދެފައިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ.

"އަހަރެން ރައްޓެހި ކުދިންނާއެކު ކުޅޭއިރު އަހަރެންނަށް ކަނާތު ފައިން ޝޫޓްކުރެވޭ. އެކަމަކު ރައްޓެހިންގެ ގޭގެއަށް ދިއުމުން އަހަރެންނަށް އެކަން މަނާކުރޭ. އަހަރެންނަށް އެމީހުން އަންގަނީ ވާތުފައިން ޝޫޓްކުރަން. ސަބަބަކީ ކަނާތުފައިން ޝޫޓްކޮށްފިނަމަ ބޯޅައިން ޖެހި ގޭގެ ބަގީޗާގައި ހުންނަ މާގަސްތައް ހަލާތުވާތީވެ. މިހެންވެ ފާތުފައިން ޖަހަން އެމީހުން އެންގި.

އޭގެ ސަބަބުން އަހަރެން ވާތުފައިން ކުޅެން ފަރިތަވި. މިހާރު އޭގެ ފައިދާ އެބަފެނޭ،" މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގެ މެޗެއް ނިންމާފައި ޑެބްރޫނޭ ބުންޏެވެ.

އޭނާއާ ބެހޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޓީވީން މެޗު ބަލާމީހަކަށް ވެސް ޑެބްރޫނޭ އެމެޗެއްގައި ކުޅޭނަމަ މެޗުބަލަން ފޫހިނުވާނެ ކަމަށެވެ.

"އަހަރެން އޭނާ ޖަރުމަނުގައި ކުޅުނުއިރު ވެސް ބަޔާންއާ ދެކޮޅަށް ކުޅުނުތަން ދެކުނިން. އޭނާ އަކީ ވަރަށް މޮޅަށް ގޭމްގެ ކޮންޓްރޯލް ހޯދާ ކުޅުންތެރިއެއް.

ޓީވީން މެޗު ބަލާމީހަކަށް ވެސް މެޗެއް ބަލާލަން ފުދޭނެ އޭނާ ދަނޑުމަތީގައި ހުރެފިނަމަ. ސިޓީގައި އޭނާ އެދައްކަނީ އަދި ވަރަށްމޮޅު ކުޅުމެއް. އަހަރެންނަށް ފެނުނު މޮޅުކުޅުންތެރިންގެ ތެރެއިންވެސް މޮޅު މީހެއްއޭނާ'' ގާޑިއޯލާ ބުންޏެވެ.

Copyright © 2024, Raajje Television Pvt Ltd. All rights reserved.