ބޮލީވިއާ
އާބާދީ:
12.5 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު: 29:
-
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
މާސެލޯ މާޓިންސް (31 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
މާސެލޯ މާޓިންސް (108 މެޗު)
ކޯޗު:
ެންޓޯނިއޯ ކާލޮސް ޒަގޯ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ކާލޮސް ލަމްޕޭ، ކަލްމެލޯ އަލްގަރާނާޒް
ކޮލިފައިންގެ ނަތީޖާ

ބޮލީވިއާ އަކީ ފުޓްބޯޅައިގައި ކާމިޔާބު ގައުމެއްނޫނެވެ. އެ ގައުމުގެ އެންމެ ހާއްސަ އެއް ކަމަކީ ބޮލީވިއާ އުސްކަމުން އެ ގައުމުގައި ކުޅެގެން އާޖެންޓީނާ އާއި ބްރެޒިލް ފަދަ ޓީމުތަކަށް ވެސް މޮޅުވެވޭނެ ކަމުގެ ޔަގީންކަން ނޯންނާތީ އެވެ.

ހުސްވި އަހަރާއި މި އަހަރު ބޮލީވިއާ ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އެއީ ވޯލްޑްކަޕް ކޮލިފައިންގައި ޕެރޫ އަތުންނާއި އެކުވެރިކަމުގެ މެޗެއްގައި އެންޑޯރާ އަތުންނެވެ.

ވޯލްޑްކަޕަށް ބޮލީވިއާ އެންމެ ފަހުން ކޮލިފައިވީ މީގެ 30 އަހަރު ކުރިންނެވެ. ޖުމުލަ ވޯލްޑްކަޕުގައި ކުޅެފައިވަނީ ތިން ފަހަރު އެވެ. އެއީ 1930 އަދި 1950 އާއި 1994ގަ އެވެ. މިހާތަނަށް އެންމެ މެޗަކުން ވެސް މޮޅެއްނުވެ އެވެ. ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

ނަމަވެސް ކޮލާ އެމެރިކާގެ ޗެމްޕިއަންކަން ބޮލީވިއާ ވަނީ 1963 ވަނަ އަހަރު ހޯދައިފަ އެވެ. އޭގެ ފަހުން އެ ގައުމަށް އެންމެ ކުރިއަށް ދެވިފައިވަނީ 1997ގަ އެވެ. އެ އަހަރު ފައިނަލް ކުޅުނު ނަމަވެސް އޭގެ ފަހުން ކުޅުނު ހުރިހާ މުބާރާތަކުން ފެއިލްވީ ގްރޫޕް ސްޓޭޖުންނެވެ.

މިގުއެލެ ޓާސެރޯސް

މިގުއެލެ ޓާސެރޯސް

ބޮލީވިއާގެ ކުޅުންތެރިންގެ ތެރެއިން ގައުމުން ބޭރުގައި ކުޅެނީ މަދު ކުޅުންތެރިންކޮޅެކެވެ. މީގެ ތެރެއިން މިޑްފީލްޑަރު މިގުއެލް ޓާސެރޯސް ކުޅެނީ ބްރެޒިލް ލީގުގަ އެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފަ އެވެ.

ބްރެޒިލްގެ ސަންޓޯސް އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އެކުލަބާ ގުޅުނީ 2022ގަ އެވެ.

ޓާސެރޯސް ގައުމީ ޓީމަށް ނެގީ ވެސް މީގެ ދެ އަހަރު ކުރިންނެވެ.

އޭނާ އަކީ ކޮޕާ އެމެރިކާގެ 15 އަހަރުން ދަށުގެ މުބާރާތުގައި ދެއްކި ކުޅުމުގެ ސަބަބުން އުމުރުން 16 އަހަރުގައި 20 އަހަރުން ދަށުގެ ޓީމަށް ނެގި ކުޅުންތެރިއެކެވެ.

ނަމަވެސް އިންޑިވިޖުއަލް ކާމިޔާބީއެއް އަދި ނެތެވެ.

ކޯޗު: އެންޓޯނިއޯ ކާލޮސް ޒަގޯ

ކޯޗު: އެންޓޯނިއޯ ކާލޮސް ޒަގޯ

ޒަގޯ އަކީ ބްރެޒިލްގެ ކޯޗެކެވެ. އުމުރުން 55 އަހަރުގެ ކޯޗަކީ 1999 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ބްރެޒިލް ޓީމުގެ ކުރީގެ ދިފާއީ ތަނބެކެވެ. އޭނާ ވަނީ ސައުޕޯލޯ އާއި އަލްބަޗޭޓޭ އަދި ޕަލްމެއިރާސް ކަށިވާ ރޭސޯލް އާއި ކޮރިންތިއަންސް އަދި ރޯމާ އަށް ކުޅެފަ އެވެ.

އޭނާ ވަނީ 1009 ވަނަ އަހަރުނެ ފެށިގެން 2023 ވަނަ އަހަރު ބޮލީވިއާގެ ގައުމީ ކޯޗުކަމާ ހަވާލުވުމާ ހަމައަށް 17 ފަހަރު ޓީމު ބަދަލުކޮށްފަ އެވެ.

ގިނައިން ކޯޗުކޮށްދިނީ ދެކުނު އެމެރިކާގެ އާދާއިގެ ޓީމުތަކަށެވެ. އޭނާ ގައުމީ ޓީމާ ހަވާލުވީ މިދިޔަ އޮކްޓޫބަރު މަހު ގުސްޓާވޯ ކޮސްޓަސް މަގާމުން ވަކިކުރުމުންނެވެ.

އޭނާގެ ކޯޗުކަމުގައި މިހާތަނަށް އެކި ޓީމުތަކުން 224 މެޗު ކުޅެފައިވާއިރު 134 މެޗަކުން ވަނީ ބެލިވެފަ އެވެ.

މޮޅުވެވުނީ 205 މެޗުންނެވެ. ކޯޗެއްގެ ގޮތުގައި މިހާތަނަށް އޭނާ އަށް ހޯދުނު ކާމިޔާބީ އަކީ 2002 ވަނަ އަހަރުގެ ބޮލީވިއާގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމެވެ.

ޖާޒީ

Bolivia - Copa America home jersey
ހޯމް ޖާޒީ
Bolivia - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

24/06/24 03:00 Group C #1
USA
2
BOL
0
އާލިންގެޓަން ޓެކްސަސް ސްޓޭޑިއަމް
28/06/24 06:00 Group C #2
URU
5
BOL
0
މެޓްލައިފް ސްޓޭޑިއަމް
02/07/24 06:00 Group C #3
BOL
1
PAN
3
އެކްސްޕްލޯރިއާ ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.