އުރުގުއޭ
އާބާދީ:
3.4 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު::
46
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ލުއިސް ސުއަރޭޒް (68 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ިއެގޯ ގޮޑިން (161 މެޗު)
ކޯޗު:
މާސެލޯ ބިއެލްސާ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ރޮޑްރީގޯ ބެންޓެންކޫރް، ފެޑްރިކޯ ވަލްވާޑޭ
ކޮލިފައިންގެ ނަތީޖާ

އުރުގުއާއީ އަކީ ސައުރު އެމެރިކާ އަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ކުޑަ ޤައުމެވެ. އުރުގުއާއީ އޮންނަނީ ބްރެޒިލާއި އާޖެންޓީނާއާ އެއް ބޯޑަރެއްގައެވެ.

އުރުގުއާއީއާ އިންވެގެން އޮންނާނީ އެޓްލާންޓިކް އޯޝަންއެވެ. މި ޤައުމުގެ އެންމެ ގިނަ ބަޔަކު ލޯބި ކުރާ ކުޅިވަރަކީ ވެސް ފުޓުބޯޅައެވެ. މީގެ އިތުރުން ބާސްކެޓާއި، ރަގްބީ އަކީ ވެސް އުރުގުއާއީ ގައި ވަރަށް މަޝްހޫރު ކުޅިވަރުތަކެކެވެ.

ސައުތު އެމެރިކާގައި އޮތް ސްޕެނިޝް ބަހުން ވާހަކަ ދައްކާ އެންމެ ކުޑަ ޤައުމަކީ ވެސް އުރުގުއޭ އެވެ. އަދި ދުނިޔޭގެ އެންމެ ދިގު ޤައުމީ ސަލާމް ކިޔަނީ ވެސް މި ގައުމުގެ މީހުންނެވެ.

އުރުގުއާއި އިން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1930 އާއި 1950 ގައެވެ. ނަމަވެސް ކޮޕާ އެމެރިކާ ވަނީ 15 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2011 ވަނަ އަހަރު ތަށީ ހޯދި ފަހުން އުރުގުއޭ އަށް ސެމީ ފައިނަލާ ހަމައަށް ވެސް ދެވިފައިނުވެ އެވެ.

މިދިޔަ އަހަރާއި މި އަހަރު އުރުގުއޭ ކުޅުނު 11 މެޗުގެ ތެރެއިން ވަނީ ހަ މެޗެއް ކާމިޔާބުކޮށްފަ އެވެ. ބަލިވީ އިކުއެޑޯ އަތުންނާއި އައިވަރީ ކޯސްޓް އަތުންނެވެ.

ޑްރަވިން ނޫނޭޒް

ޑްރަވިން ނޫނޭޒް

ޓީމުގެ އެންމެ ވިދުންގަދަ ކުޅުންތެރިއަކީ ލިވަޕޫލްގެ ފޯވަޑް ޑްރަވިން ނޫނޭޒް އެވެ. އުމުރުން މިހާރު 24 އަހަރުގެ ފޯވަޑް ވަނީ ގައުމީ ޓީމަށް ކުޅުނު 22 މެޗުގައި އަށް ގޯލު ޖަހާފަ އެވެ.

ނަމަވެސް ހުސްވި ސީޒަން އޭނާ ނިންމީ ސީޒަނުގެ ފަހުކޮޅު ވަރަށް ބޮޑަށް ފޯމު ކަޓާފައިހުރެ އެވެ. ނޫނޭޒަކީ އެންމެ ފަހުގެ ވޯލްޑްކަޕުގައި ވެސް މޮޅަށް ނުކުޅެވުނު ކުޅުންތެރިއަކަށްވުމުން އޭނާއާ މެދު ކުރާ އުއްމީދުތަކުގައި މިހާތަނަށް ކުލަޖެހިފައިނުވެ އެވެ.

ލިވަޕޫލްގައި ވެސް ގަވާއިދުން ގޯލު ޖަހާ ފޯވަޑަކަށްވުމުން އޭނާގެ ބޭނުންތެރިކަމާމެދު ބައެއް ފަހަރަށް ސުވާލު އުފެދެ އެވެ.

ކޯޗު: މާސެލޯ ބިއެލްސާ

ކޯޗު: މާސެލޯ ބިއެލްސާ

ކޯޗު މާސެލޯ ބިއެލްސާ އަކީ ފަދަ ކޯޗަކު ލިބުމަކީ އާދައިގެ ކަމެއްނޫނެވެ.

އުމުރުން މިހާރު 68 އަހަރުގެ ކޯޗު ވަނީ 1998 އިން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް އާޖެންޓީނާގެ ގައުމީ ކޯޗުކަން ވެސް ކޮށްފަ އެވެ. ސްޕޭނުގެ އެސްޕަނިޔޯލް އާއި ބިލްބާއޯ އަދި ފްރާންސްގެ މާސޭ އާއި އިޓަލީގެ ލާޒިއޯއަށް ކޯޗުކޮށްދީ ޒަމާންތަކަކަށް ފަހު ލީޑްސް ޔުނައިޓެޑް އަލުން ޕްރެމިއާ ލީގަށް ގެނެސްދިނީވެސް އޭނާ އެވެ.

ނަމަވެސް ބިއެލްސާ އަކީ ތަށި ހޯދާ ކޯޗެއްނޫނެވެ. 2012 ވަނަ އަހަރުގެ ފަހުން އޭނާ އަށް ހާސިލްކުރެވުނު ހަމައެކަނި ތައްޓަކީ ވެސް އިނގިރޭސި ޗެމްޕިއަންޝިޕެވެ.

އޭނާގެ ކޯޗުކަމުގައި އެކި ޓީމުތަކުން މިހާތަނަށް 748 މެޗު ކުޅެފައިވާއިރު މޮޅުވީ 341 މެޗުންނެވެ. ބަލިވީ214 މެޗުންނެވެ.

ޖާޒީ

Uruguay - Copa America home jersey
ހޯމް ޖާޒީ
Uruguay - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

24/06/24 06:00 Group C #1
URU
3
PAN
1
ހާޑް ރޮކް ސްޓޭޑިއަމް
28/06/24 06:00 Group C #2
URU
5
BOL
0
މެޓްލައިފް ސްޓޭޑިއަމް
02/07/24 06:00 Group C #3
USA
0
URU
1
އެރޯ ހެޑް ސްޓޭޑިއަމް
07/07/24 18:00 #4
އެލެގަންޓް ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.