ކޮސްޓަރިކާ
އާބާދީ:
5.2 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު:
6
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ރޮނާލްޑޯ ފޮންސޭކާ (47 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ސެލްސޯ ބޯގެސް (163 މެޗު)
ކޯޗު:
ގުސްޓާވޯ އަލްފާރޯ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ކޭލާ ނަވާސް، ޖޮއެލް ކެމްބެލް
ކޮލިފައިންގެ ނަތީޖާ:
-
ކޮލިފައިންގެ ނަތީޖާ

ކޮސްޓަރިކާ އަކީ ކެރީބިއަން އަދި ޕެސިފިކް ކަނޑުގައި ޕެނަމާ އާއި ނިކަރާގުއާއާ ދެމެދުގައި އޮތް ކުޑަކުޑަ ގައުމެކެވެ.

އެއީ މި ސަރަހައްދުގައި ސިޔާސީގޮތުން އެންމެ ބޮޑަށް ހަމަޖެހުން ގާއިމްވެފައި އޮތް ގައުމެކެވެ. 1948ގައި ގައުމުގެ އަސްކަރިއްޔާ އުވާލިފަހުން ކޮސްޓަރިކާގައި ދާއިމީ ގޮތެއްގައި ސިފައިން ނުތިބެ އެވެ.

މި ސަރަހައްދުގައި ދިރިއުޅުމުގެ އެންމެ އަގުމަތި އެއް ގައުމަކީ ވެސް ކޮސްޓަރިކާ އެވެ. ގުދުރަތީ މުއްސަދިކަން އިންތިހާ އަށް ލިބިފައިވާ ކޮސްޓަރިކާ އަށް އަހަރަކު އެތައް ބަޔަކު އެގައުމުގެ ސަގާފަތާއި އާދަކާދަ އާއި އާސާރީ ތަންތަނާއި ފަތުރުވެރިމަންޒިލްތަކަށް ޒިޔާރަތްކުރެއެވެ.

ދޮންކޭލާއި ކޮފީ ހެއްދުމުގައި މަޝްހޫރު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކޮސްޓަރިކާގެ މައިގަނޑު އާމްދަނީ ގުޅިފައިވަނީ ވެސް ފަތުރުވެރިކަމާއެވެ. ކޮސްޓަރިކާގެ މައި ބަހަކީ ސްޕޭން ބަހެވެ.

ލެޓިން އެމެރިކާގައި އެންމެ ބޮޑު މީޑިއާގެ މިނިވަންކަމެއް އޮތީ ވެސް ކޮސްޓަރިކާގަ އެވެ.

ސަރުކާރާއި އަމިއްލަ މީހުންގެ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ އާއި ނޫސްތައް ހިމެނޭގޮތަށް އެގައުމުގެ މީޑިއާ ނުހަނު ހަރަކާތްތެރިއެވެ.

ހަތަރު މިލިއަނަށްވުރެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރެ އެވެ. ގައުމުގެ އެންމް މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ކޮސްޓަރިކާ ވަނީ ހަ ފަހަރު ވޯލްޑްކަޕުގައި ކުޅެފަ އެވެ.

ކޭލާ ނަވާސް

ކޭލާ ނަވާސް

ގޯލްކީޕަރު ކޭލާ ނަވާސް އަކީ ކޮސްޓަރިކާގެ އެންމެ ވިދުންގަދަ ތަރި އެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީޕަރަކީ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދި އިރު އެ ޓީމުގެ އަންގި ލައްވައިގެން ހުރި ކީޕަރެވެ.

އޭނާ އަށް ރެއާޅް ދޫކޮށް ޕީއެސްޖީ އަށް ދާން ޖެހުނީ އޭނާ އަށްވުރެ މަޝްހޫރުކަން ބޮޑު ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމަށެވެ.

އަދި ޕީއެސްޖީގެ ޓީމަށް މި ސީޒަނުގައި އޭނާ ނާރަނީ ވެސް ފެންވަރު ނެތިގެންނެއްނޫނެވެ. ޒުވާން ކީޕަރު ޑޮނަރޫމާއަށް ޖާގަ ދޭން ޓީމުގެ މެނޭޖްމަންޓަށް މަޖުބޫރުވާތީ އެވެ.

ކޯޗު: ގުސްޓާވޯ އަލްފާރޯ

ކޯޗު: ގުސްޓާވޯ އަލްފާރޯ

އަލްފާރޯ އަކީ ވަރަށް ރަޖުރިބާކާރު ކޯޗެކެވެ. އާޖެންޓީނާ އަށް އުފަން މިހާރު އުމުރުން 61 އަހަރުގެ ކޯޗު ވަނީ 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާ ބައްރާއި އޭޝިޔާގެ ޓީމުތަކަކަށް ކޯޗުކޮށްދީފަ އެވެ.

މިދިޔަ އަހަރު ކޮސްޓްރިކާއާ ހަވާލުވުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިކުއެޑޯގެ ކޯޗަކަށެވެ. ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ އާޖެންޓީނާގެ ސުޕަކަޕް ބޮކާ ޖޫނިއާސް އަށް ހޯދައިދީ ކެރިއަރުގައި ހަ ތައްޓެއް ހާސިލްކޮށްފަ އެވެ.

އޭނާގެ ކޯޗިން ކެރިއަރުގައި 938 މެޗު ކުޅެފައިވާއިރު މޮޅުވީ 381 މެޗުންނެވެ. ބަލިވީ 282 މެޗުންނެވެ.

ޖާޒީ

Costa Rica - Copa America home jersey
ހޯމް ޖާޒީ
Costa Rica - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

25/06/24 06:00 Group D #1
ސޮފީ ސްޓޭޑިއަމް
29/06/24 03:00 Group D #2
COL
3
PAN
0
މާސެޑޭޒް ބެންޒް ސްޓޭޑިއަމް
03/07/24 06:00 Group D #3
PAN
2
PAR
1
ކިއުޓޫ ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.