ކޮލަމްބިއާ
އާބާދީ:
52.3 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު:
24
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ރަޑަމަލް ފަލްކާއޯ (36 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ޑޭވިޑް އޮސްޕިނާ (128 މެޗު)
ކޯޗު:
ނެސްޓޯ ލޮރެންޒޯ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޑޭވިޑް އޮސްޕިނާ، ލުއިޒް ޑިއާޒް
ކޮލިފައިންގެ ނަތީޖާ

ކޮލަމްބިއާ އަކީ 1990ގެ ތެރޭގައި ވަރުގަދަ ޓީމެކެވެ. އެމީހުންގެ މޮޅު ކުޅުން އެންމެ ފަހުން ފެނިގެންދިޔައީ 2014ގެ ވޯލްޑްކަޕުގަ އެވެ.

ހާމޭސް ރޮޑްރިގޭޒް ރަންބޫޓު ހޯދައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވި ނަމަވެސް އޭނާގެ ވިދުން ފަޑުވިގޮތަށް ކޮލަމްބިއާގެ ނަމެއް ވެސް މިހާތަނަށް ނީވެ އެވެ.

ކޮޕާ އެމެރިކާގައި ވެސް ކޮލަމްބިއާއަކީ މާ ހާއްސަ ގައުމެއްނޫނެވެ. އެމީހުންނަށް ތަށު ހޯދުނީ އެންމެ ފަހަރަކު އެވެ.

އެއީ 2001 ވަނަ އަހަރު އެވެ. މުބާރާތުގައި 124 މެޗު ކުޅުނުއިރު މޮޅުވި މެޗުތަކަށްވުރެ ބަލިވި މެޗުތައް ގިނަ އެވެ.

49 މެޗުން މޮޅުވިއިރު 50 މެޗަކުން ވަނީ ބަލިވެފަ އެވެ. ޖުމުލަ ޖެހި ގޯލަށްވުރެ ބައިކޮޅަށްވަން ގޯލު ގިނަ އެވެ. 142 ގޯލު ޖަހައި ބައިކޮޅަށް ވަނީ 191 ގޯލުވަދެފަ އެވެ.

މިވަރުންވެސް ކޮލަމްބިއާގެ ހާލަތު ވަޒަން ކުރެވޭނެ އެވެ.

ހުސްވި 203 ވަނަ އަހަރު ކުޅުނު 10 މެޗުގެ ތެރެއިން މެޗަކުން ބަލިނުވި ބަނަމަވެސް ޗިލީ އާއި އުރުގުއޭ އާއި އިކުއެޑޯއާ ކުޅެގެންވީ އެއްވަރެވެ.

ބްރެޒިލް އަތުން މޮޅުވި އެވެ. މިއާއެކު މި މުބާރާތަށް ކުރިމަތިލާއިރު އޮތް އުއްމީދަކީ މިދިޔަ މާޗު މަހު ސްޕޭން ބަލިކުރެވިފައިވާތީވެ އޮތް ހިތްހަމަޖެހުމެއް އެކަންޏެވެ.

އެކަމަކު އޭގެ ފަހުން ރޫމޭނިޔާ އަތުން ބަލިވުމުން ކޮލަމްބިއާއަކީ އެއް ފެންވަރެއްގައި ގިނަ މެޗު ކުޅެވޭ ޓީމެއްނޫންކަން ސާބިތުވެ އެވެ.

ހާމޭސް ރޮޑްރިގޭޒް

ހާމޭސް ރޮޑްރިގޭޒް

ކޮލަމްބިއާ ޓީމުގެ ކެޕްޓަނަކީ ސައުޕޯލޯ އަށް ކުޅެމުން އަންނަ އެޓޭކިން މިޑްފީލްޑަރު ހާމޭސް ރޮޑްރިގޭޒެވެ.

ޅަ އުމުރުގައި އުމުރުފުރާގެ ޓީމުތަކުގައި މޮޅަށް ކުޅުމަށްފަހު ސީނިއާ ޓީމުގައި 2011 ވަނަ އަހަރުން ފެށިގެން ކުޅެން ފެށި އެވެ.

އެކަމަކު މިހާރު އުމުރުން 27 އަހަރުގެ ކުޅުންތެރިޔާއަށް މިހާތަނަށް ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ކުރެވުނު ހަމައެކަނި ކަމަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ރަންބޫޓު ހޯދުމެވެ.

އޭގެ ފަހުން ރެއާލް މެޑްރިޑަށް ގެންދިޔަ ނަމަވެސް އޭނާވީ ދުވަސްކޮޅެއްގެ ތަރިއަކަށެވެ. ރެއާލްއިން ބޭނުން ނެތިގެން ލޯނަކަށް ދޫކޮށްލީ ބަޔާން މިއުނިކަށެވެ.

އެކުލަބުން ވެސް ފަހުން ބޭނުންނުވުމުން އާދައިގެ ކުލަބުތަކަށް ކުޅެން މަޖުބޫރުވެ، އެވަޓަން އަށް ފަހު ގަތަރުގެ އައް ރައްޔާން އަދި ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅުމަށްފަހު ސައުޕޯލޯ އަށް ބަދަލުވީ ހުސްވި އަހަރު އެވެ.

ހާމޭސް ރޮޑްރިގޭޒް ވަނީ ގައުމީ ޓީމަށް މިހާތަނަށް 98 މެޗު ކުޅެދީ 27 ގޯލު ޖަހާފަ އެވެ.

ކޯޗު: ގަބްރިއަލް ލޮރެންޑޯ

ކޯޗު: ގަބްރިއަލް ލޮރެންޑޯ

ގަބްރިއަލް ލޮރެންޑޯ އަކީ އާޖެންޓީނާގެ ކޯޗެކެވެ. އުމުރަކީ 58 އަހަރެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 13 މެޗު ކުޅެދީފައިވާ ލޮރެންޒޯ ކުލަބު ލެވެލަށްވުރެ ބޮޑަށް މިހާތަނަށް ހޭދަކޮށްފައިވަނީ ގައުމީ ޓީމުތަކުގަ އެވެ.

2000 ވަނަ އަހަރު ކޯޗިން ދާއިރާއަށް ނުކުމެ އޭނާ ފުރަތަމަ އަދާކުރީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމެވެ.

އެއަށް ފަހު ސްޕޭނުގެ ލެގަނެސް އެސިސްޓެންޓް ކޯޗުކަން ކުރުމަށްފަހު އާޖެންޓީނާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން 2004 އިން 2006 އަށް ކުރި އެވެ.

ޕެރޫގެ މަގަލާ އަށް ކޯޗުކަން ކޮށްދިނުމުގެ ކުރިން އޭނާ ވަނީ 2012 އިން 2019 އަށް ކޮލަމްބިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.

އޭނާ އަށް މިދިޔަ އަހަރު ކޯޗުކަންދިން މައިގަނޑު ސަބަބަކީ ވެސް ކޮލަމްބިއާގެ ގިނަ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ ކޯޗަކަވުމެވެ.

އޭނާގެ ކޯޗުކަމުގައި ކޮލަމްބިއާ މިހާތަނަށް ކުޅުނީ 18 މެޗެވެ. 13 މެޗުން މޮޅުވިއިރު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ޖާޒީ

Colombia - Copa America home jersey
ހޯމް ޖާޒީ
Colombia - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

25/06/24 03:00 Group D #1
COL
2
PAR
1
ހާޑް ރޮކް ސްޓޭޑިއަމް
29/06/24 03:00 Group D #2
COL
3
PAN
0
މާސެޑޭޒް ބެންޒް ސްޓޭޑިއަމް
03/07/24 06:00 Group D #3
BRA
1
COL
1
ލެވީ ސްޓޭޑިއަމް
07/07/24 15:00 #4
COL
5
PAN
0
ސްޓޭޓް ފާމް ސްޓޭޑިއަމް
11/07/24 05:00 #5
URU
0
COL
1
ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމް
15/07/24 05:00 #6
ARG
1
COL
0
ހާޑް ރޮކް ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.