ޔުނައިޓެޑް ސްޓޭޓްސް ނުވަތަ އެމެރިކާ އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައި އަދި އެފަދަ ދެވަނައެއްނެތް އެންމެ ބޮޑު ބާރެވެ. އިގްތިސާދީ ގޮތުންނާއި މިލިޓަރީ ގޮތުން ވެސްމެ އެވެ.
ދުނިޔެދެކެފައިވާ ބޮޑެތި ހުރިހާ ހަނގުރާމެއްގައި އެމެރިކާގެ ބައިވެރުވުމާއި އެމީހުންގެ ހަންފެތުރުން ފެނިގެންދިޔަ އެވެ. އެމެރިކާގެ ގްރޮސް ޑޮމެސްޓިކް އެކައުންޓްކަކުގެ ހަތަރުބައިކުޅަ އެއްބަޔަކީ މުޅި ދުނިޔެއާ ނުބައްދަލު މިންވަރެކެވެ. އެމީހުންގެ މިލިޓަރީ ބަޖެޓް މުޅިދުނިޔެއާ ނުބައްދަލެވެ.
އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާ އާއި ފިލްމު އިންޑަސްޓްރީ އަކީ ދުނިޔޭގެ އެންމެ ނުފޫގުދަ ބާރުތަކެވެ. އެމެރިކާގެ މައިގަނޑު ބަހަކީ އިނގިރޭސިބަހެވެ. އެމެރިކާ ޑޮލަރަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެއަށް ބަރޯސާކުރާ ފައިސާ އެވެ. އެމެރިކާގެ މީޑިއާއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާ އެވެ.
އިމެއްނެތި އިންޓަނެޓް ހުއްޓަސް އެންމެ ގިނަ ބަޔަކު ބަރޯސާކުރަނީ ޓީވީން ބަލައިގެން ތެދުދޮގު ޔަގީންކުރުމަށެވެ. ދުވާލަކު ގައުމުގެ %89 މީހުން އޮންލައިންވެ އެވެ.
ޔޫޓިއުނާއި ފޭސްބުކާއި ޓުވިޓާގެ ނުފޫޒުގައި ޖެހި 230 މިލިއަން ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ.
ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލިޖީ ހުރީ ވެސް އެގައުމުގަ އެވެ. މިހުރިހާ ކަމެއް މިހެން ހުއްޓަސް އެމެރިކާގެ އާއްމު ރައްޔިތުންނަށް ލިބޭ އާމްދަނީގައި ވަރަށް ބޮޑެތި ފަރުގުތަކެއްވެ އެވެ.
އާއިލީ ޒިންމާގައި ތިބޭއިރު މުސާރަ ނުލިބޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ ވެސް އެމެރިކާ އެވެ. ކޮފީ އާއި ސައި ބުއިމަކީ އާދައެކެވެ.
އެމެރިކާގެ އެންމެ މަގުބޫލު ކުޅިވަރަކީ އެމެރިކަން ފުޓްބޯޅަ އެވެ. އޭގެ ފަހުން ރަގްބީ އާއި ބޭސްބޯޅާ އާއި ބާސްކެޓެވެ. އެކަމަކު އެގައުމުގެ އަންހެން ފުޓްބޯޅަ ޓީމަކީ ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ޓީމެވެ.
ކްރިސްޓިއަން ޕުލިސިޗަކީ އެމެރިކާ ޓީމުގައި ހުރި އެންމެ މޮޅު އަދި އެންމެ އިތުބާރުކުރެވޭ ކުޅުންތެރިޔާ އެވެ. ޓީމުގެ ކެޕްޓަނެވެ.
ގައުމީ ޓީމުގައި އޭނާ ދައްކާ މޮޅު ކުޅުމާއި ކރާ ހިތްވަރުގެ ސަބަބުން ގިނަ ބަޔަކު އޭނާ އަށް މުހާތަބްކުރަނީ ކެޕްޓަން އެމެރިކާގެ ނަމުންނެވެ.
ޕުލިސިޗްގެ ފުރަތަމަ ޕްރޮފެޝަނަލް ކުލަބަކީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑެވެ. އެ ޓީމުގައި އޭނާ ކުޅޭތަން ފެނިފައި ނޫސްވެރިން ބުނަން ފެށީ ކޯޗު ތޯމަސް ތުކެލް އަށް ރަންގަނޑެއް ފަދަ ކުޅުންތެރިއެއް ލިބިއްޖެ ކަމަށެވެ.
އަދި ބައެއް ކޯޗުންގެ ނަޒަރުގައި އޭނާ އަކީ ހުރިހާ ގޮތަކުން ފުރިހަމަ ކުޅުންތެރިއެކެވެ. ނަމަވެސް ޗެލްސީ އަށް ބަދަލުވެ ޓުކެލްގެ ކޯޗުކަމުގައި ޕުލިސިޗް ފެނިގެންދިޔައީ ބެންޗުންނެވެ.
މީގެ ސަބަބުން އޭނާގެ ގައުމީ ޓީމުގެ ކެރިއަރަށް ހުރަސް އެޅިދާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް ގައުމީ ކޯޗު ބްރަހޯލްޓާ ބުނީ ޕުލިސިޗަކީ އޭނާ އަކީ ކިހާފެންވަރެއްގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައި ހުރި މީހެއް ކަމަށާއި ކުލަބުގައި ދުވަހަކު ނުކުޅުނަސް ގައުމީ ޓީމުން ޕުލިސިޗަށް ފުރުސަތުދޭނެ ކަމަށެވެ.
ގްރެގް ބްރްހޯލްޓާ އަކީ އެމެރިކާ ޓީމުގެ ކުރީގެ ޑިފެންޑަރެވެ. އޭނާ ވަނީ 1996 އިން 2004 އާ ދެމެދު ގައުމީ ޓީމަށް 44 މެޗު ކުޅެދީފަ އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި މާގިނަ ކާމިޔާބީތަކެއް ލިބިފައިނުވެ އެވެ.
އޭނާގެ ކޯޗިން ކެރިއަރު ފެށީ 1993 ވަނަ އަހަރު އެމެރިކާގެ ޒުވާން ޓީމުގަ އެވެ. ގައުމީ ޓީމުގައި މިހާތަނަށް އޭނާއަށް ހޯދިފައިވާ ކާމިޔާބީ އަކީ 2020 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަންސް ލީގާއި އެ ސަރަހައްދުގެ ގޯލްޑްކަޕުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދުމެވެ. އޭނާގެ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ޕްރިފޮޝަނަލް ފުޓްބޯޅަ ކުޅެ އެވެ.