ޗިލީ
އާބާދީ:
19.6 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު:
41
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ެލެކްސިސް ސަންޗޭޒް (51 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
އެލެކްސިސް ސަންޗޭޒް (162 މެޗު)
ކޯޗު:
ރިކާޑޯ ގަރޭކާ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ކްލައުޑިއޯ ބްރާވޯ، އެލެކްސިސް ސަންޗޭޒް
ކޮލިފައިންގެ ނަތީޖާ

ޗިލީ އަކީ ފަހަކަށް އައިސް ކޮޕާ އެމެރިކާގެ އެންމެ ކާމިޔާބު އެއް ގައުމެވެ. 2015 ވަނަ އަހަރު ތަށީ ހޯދައި މުބާރާތަށް 100 އަހަރުފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ތަށި ހޯދީ ވެސް ޗިލީ އެވެ. މި ދެ ފަހަރަކީ މުބާރާތް އެމީހުންނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ދެ ފަހަރު ވެސްމެ އެވެ.

ޗިލީ އަކީ ވޯލްޑްކަޕުގެ ވެސް ދާއިމީ މެހުމާނެއްނޫނެވެ. 1998 ވަނަ އަހަރަށް ފަހު ޗިލީ ވޯލްޑްކަޕް ކުޅުނީ 2010 އަދި 2014ގަ އެވެ.

ހުސްވި އަހަރާއި މި އަހަހަރު ކުޅުނު މެޗުތަކަށް ބަލާއިރު ވެސް ޗިލީ މޮޅުވެފައިވަނީ ނިސްބަތުން އާދައިގެ ގައުމުތަކާ ވާދަކޮށެވެ. އުރުގުއޭ އަތުން 3-1އިން ބަލިވެ، ވެނެޒުއޭލާ އާއި އިކުއެޑޯ އަތުން ވެސް ބަލިވީ އެވެ.

މި އަހަރުގެ މާޗު މަހު ފްރާންސް އަތުން ވީ ބައްޔެވެ. މިހެންވެ ޗިލީ އަކީ އެންމެ އަވަހަށް މުބާރާތުން އަލްވަދާއު ކިޔާނެ އެއް ޓީމަށް ވެދާނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

ޗިލީގެ ގިނަ ކުޅުންތެރިން ކުޅެނީ އެގައުމުގެ ލީގާއި އާޖެންޓީނާ ލީގުގަ އެވެ. ޓީމުގެ ކުޅުންތެރިންގެ ތެރެއިން ޔޫރަޕުގައި ކުޅެނީ މަދު ކުޅުންތެރިންތަކެކެވެ.

އެއީ ކީޕަރު ކްލައުޑިއޯ ބްރާވޯ އާއި ނޮރިޗްގެ މާސެލީނިއޯ ނޫނޭޒް އާއި އިންޓަމިލާނުގެ އެލެކްސިސް ސަންޗޭޒާއި ޝެފީލްޑް ޔުނައިޓެޑްގެ ބްރެރެޓޯން ޑިއާޒް އެވެ.

ކްލައުޑިއޯ ބްރާވޯ

ކްލައުޑިއޯ ބްރާވޯ

ގޯލްކީޕަރު އަދި ކެޕްޓަން ކްލައުޑިއޯ ބްރާވޯ މުބާރާތަށް ނުކުންނައިރު އޭނާގެ އުމުރަކީ 41 އަހަރެވެ. ނަމަވެސް އޭނާ އަކީ މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެންމެ މޮޅު ކީޕަރެވެ. ޗިލީން ކޮޕާ އެމެރިކާ ކާމިޔާބުކުރި ދެ ފަހަރު ވެސް މޮޅަށް ކުޅެ، ސްޕޭނުގެ ބާސެލޯނާގެ އެއްވަނަ ކީޕަރުކަން އޭނާ އަދާ ކުރީ ހުށިހާރު ކަމާއެކުގަ އެވެ.

ބާސެލޯނާ އަށް ތިން އަހަރު ތެރޭގައި 70 މެޗު ކުޅެދިނުމަށްފަހު އޭނާ ވަނީ މެންޗެސްޓާ ސިޓީގައި ހަތަރު އަހަރު ކުޅެފަ އެވެ.

މިހާރު ބްރާވޯ ކުޅެމުންދަނީ ސްޕޭނުގެ ރެއާލް ބެޓިސްގަ އެވެ. އޭނާ އަކީ 2015 އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ އެންމެ މޮޅު ގޯލްކީޕަރެވެ. އަދި 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަން ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުކަން ވެސް ހޯދި އެވެ.

ކޯޗު: ރިކާޑޯ އަލްބާޓޯ ގަރޭކާ

ކޯޗު: ރިކާޑޯ އަލްބާޓޯ ގަރޭކާ

އުމުރުން 66 އަހަރުގެ ކޯޗުގެ ވަނަމަކީ ހިކި ސިންގާ އެވެ. އާޖެންޓީނާގެ މި ކޯޗަކީ ބޮކާ ޖޫނިއާސް އާއި ރިވަޕްލޭޓް އަދި އިންޑިޕެންޑިއެންޓޭގެ ކުރީގެ ކުޅުންތެރިއެކެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް 20 މެޗު ކުޅެދިން އޭނާ ކޯޗިން ދާއިރާ އަށް ވަނީ 1995ގަ އެވެ. އާޖެންޓީނާގެ ލީގު ހަތަރު ފަހަރު ކޯޗެއްގެ ގޮތުގައި ހޯދި ގަރޭކާ ވަނީ މީގެ ކުރިން ޕެރޫގެ ގައުމީ ކޯޗުކަން ވެސް ކޮށްފަ އެވެ.

ޕެރޫ ގޮވައިގެން ކޮޕާ އެމެރިކާގެ ފައިނަލަށް 2019 ވަނަ އަހަރު ދަތުރުކޮށް، 2015 ވަނަ އަހަރު ތިން ވަނަ ހޯދި އެވެ. އޭނާ ޗިލީއާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

ޖާޒީ

Chile - Copa America home jersey
ހޯމް ޖާޒީ
Chile - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

22/06/24 05:00 Group A #1
އާލިންގެޓަން ޓެކްސަސް ސްޓޭޑިއަމް
26/06/24 06:00 Group A #2
CHI
0
ARG
1
މެޓްލައިފް ސްޓޭޑިއަމް
30/06/24 05:00 Group A #3
އެކްސްޕްލޯރިއާ ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.