އާޖެންޓީނާ
އާބާދީ:
46 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު:
44
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ލަޔޮނަލް މެސީ (106 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ލަޔޮނަލް މެސީ (180 މެޗު)
ކޯޗު:
ލަޔޮނަލް ސްކަލޯނީ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ލަޔޮނަލް މެސީ، އެމިލިއާނޯ މާޓިނޭޒް
ކޮލިފައިންގެ ނަތީޖާ

މި ފަހަރުގެ ކޮޕާ އެމެރިކާ އަށް އާޖެންޓީނާ ކުރިމަތިލަނީ ހުރިހާ ގޮތަކުން ވެސް ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ. ކޮޕާ އެމެރިކާ ދިފާއު ކުރަން ނުކުންނައިރު އެންމެ ފަހުގެ ވޯލްޑްކަޕުގެ ވެސް ޗެމްޕިއަން ޓީމަކީ އާޖެންޓީނާ އެވެ. މިހެންވެ އުފެދިފައިވާ ސުވާލަކީ މި ފަހަރުގެ މުބާރާތަށް ނުކުންނަ ޓީމަކީ ކުރިއަށްވުރެ ވަރުގަދަ ޓީމެއްތޯ އެވެ.؟

އާޖެންޓީނާ ޓީމުގައި މުޅިން ވެސް ތިބީ ތަރިންނެވެ. ގިނައީ ވޯލްޑްކަޕާއި ކޮޕާ އެމެރިކާ ކާމިޔާބުކުރި ކުޅުންތެރިންނެވެ. ހަމައެކަނި އައިސްފައިވާ ބަދަލަކީ އެކުޅުންތެރިން އުމުރު މަތިވުމެވެ.

ނަމަވެސް މި ފަހަރުގެ ޓީމުގައި ޕައުލޯ ދީބާލާ ނުހިމަނަ އެވެ. ސަބަބަކަށްވީ އޭނާ އަށް ވުރެ ފޯމު ރަނގަޅު ފޯވަޑުން ތިބުމެވެ. އެތްލެޓިކޯ މެޑްރިޑްގެ އެންޖެން ކޮރެއާ އާއި މެންޗެސްޓާ ސިޓީގެ ހޫލިއަން އަލްވަރާޒް އާއި އިންޓަމިލާނުގެ ލައުޓާރޯ މާޓިނޭޒާއި ބެންފީކާގެ އެންޖެލް ޑިމާރިއާ އަކީ ކެޕްޓަން ލަޔޮނަލް މެސީއާއެކު ޓީމުގެ ކުރީގައި ހަރަކާތްތެރިވާނެ މޮޅު ފޯވަޑުންނެވެ.

2023 ވަނަ އަހަރާއި މި އަހަރުގެ މިހާތަނަށް އާޖެންޓީނާ ބަލިވީ ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭ އަތުން އެކަންޏެވެ.

އެއީ 10 މެޗު ކުޅެގެންނެވެ. އަމިއްލަ ގައުމުގައިވި އެ ބައްޔަކީ ދުނިޔެ އާއި ސަރަހައްދީ ޗެމްޕިއަން ކަމުގައި ނިދާފައި ނުތިބެވޭނެކަން އަންގައިދިން ކަމެކެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއީ މި މުބާރާތް ދިފާއު ކުރަން ނުކުންނަ އާޖެންޓީނާ ޓީމަށް ލިބުނު ޝޮކެއް އަދި ހެޔޮ އަސަރުކުރާނެ ކަމެކެވެ.

ލަޔޮނަލް މެސީ

ލަޔޮނަލް މެސީ

އާޖެންޓީނާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ކެޕްޓަން ލަޔޮނަލް މެސީ އެވެ. އޭނާ އަކީ އެމެރިކާގެ އިންޓަމިއާމީގެ ކުޅުންތެރިއެކެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ ފޯވަޑް އެމެރިކާ ލީގުގައި ކުޅެން ފެށި މައިގަނޑު ސަބަބަކީ ވެސް ކޮޕާ އެމެރިކާ ދިފާއު ކުރަން ތައްޔާރުވުމެވެ.

މެސީ އަކީ އެންމެ ފަހުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައި މުބާރާތުގެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ.

އޭނާގެ އުމުރުން 36 އަހަރުވި ނަމަވެސް އާޖެންޓީނާގައި އޭނާ ފެދަ އިތުބާރު ދެ ވަނަ ކުޅުންތެރިއަކު ނެތެވެ. ނަމަވެސް އެމެރިކާ ލީގުގެ މި އަހަރުގެ ސީޒަނުގައި ގާތްގާތުގައި ކުރިމަތިވި އަނިޔާތަކުގެ ސަބަބުން އޭނާ ހުރީ މުޅިން ފިޓްނޫނެވެ.

ގައުމީ ޓީމަށް 180 މެޗު ކުޅެދީ 106 ގޯލު ޖަހާދީފައިވާ މެސީ މި މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން އެކަށީގެންވެ އެވެ.

ކޯޗު: ލަޔޮނަލް ސްކަލޯނީ

ކޯޗު: ލަޔޮނަލް ސްކަލޯނީ

ސްކަލޯނީ އާޖެންޓީނާގެ ކުރީގެ ކުޅުންތެރިއެކެވެ. އޭނާގެ ކޯޗުކަމުގައި ވޯލްޑްކަޕާއި ކޮޕާ އެމެރިކާ އަދި އެމެރިކާ އާއި ޔޫރަޕުގެ ޗެމްޕިއަނުންގެ ތަށި ލިބިފައިވުމުން ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ދެން އިތުރަށް ހޯދާނެ ކާމިޔާބީއެއް ނެތް ކަމަށް ބަލައި ހުސްވި އަހަރު ކޯޗުކަމާ ދުރަށް ދާން ވެސް އޭނާ ނިންމި އެވެ.

އުމުރުން މިހާޜު 46 އަހަރުގެ ސްކަލޯނީ ކޯޗިން ކެރިއަރު ފެށީ 2016 ވަނަ އަހަރު އެވެ. އޭނާ އަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ފީފާއިން ހިވި 2022 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކޯޗެވެ.

ޖާޒީ

Argentina - Copa America home jersey
ހޯމް ޖާޒީ
Argentina - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

21/06/24 05:00 Group A #1
ARG
2
CAN
0
މާސެޑޭޒް ބެންޒް ސްޓޭޑިއަމް
26/06/24 06:00 Group A #2
CHI
0
ARG
1
މެޓްލައިފް ސްޓޭޑިއަމް
30/06/24 05:00 Group A #3
ARG
2
PER
0
ހާޑް ރޮކް ސްޓޭޑިއަމް
05/07/24 06:00 #4
އެންޖީއާރު ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.