ކެނަޑާ
އާބާދީ:
39 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު: :
1
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ކޭލް ލަރިން (29 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
އަޓިބާ ހުޓްޗިންސަން (105 މެޗު)
ކޯޗު:
ޖެސޭ މާޝް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ސްޓެފަން އުސްޓާ، އިސްމާއީލް ކޯނޭ
ކޮލިފައިންގެ ނަތީޖާ

ކެނެޑާ އަކީ ބިމުގެ ގޮތުން ދުނިޔޭގެ ދެ ވަނަ އެވެ. އެކަމަކު މިވަރުގެ ބިމެއްގައި އުޅޭނެހޭ މީހުންނެއް އެގައުމަކު ނެތެވެ. ވެރިކަމުގެ ނިޒާމް ބޮޑަށް ވައްތަރުކޮށްފައިވަނީ އިނގިރޭސިންނާ އެވެ.

އިގްތިސާދީ ގޮތުން އަމިއްލަ ވަންތަ ބައެކެވެ. ވިޔަފާރީގެ ގޮތުން ހަކަތަ އާއި ކާބޯތަކެއްޗާއި މިނަރެލްސް އެކްސްޕޯޓް ކުރުމަކީ އިގްތިސާދުގެ މުހިންމު ބައެކެވެ. ކެނެޑާ އަކީ ލައިވް ބްރޯޑްކާސްޓިން އާއި މީޑިޔާގެ ވިޔަފާރީގައި ދިގު ތާރީހެއް އޮތް ގައުމެކެވެ.

މީޑިޔާގެ މިނިވަންކަން އެގައުމުގައި ވަރަށް ފުޅާދާއިރާއެއްގައި ދީފައިވެ އެވެ. އޯއީސީޑީގެ ރިޕޯޓްތައް ބުނާގޮތުން ކެނެޑާއަކީ ދުނިޔޭގައި އެންމެ އިލްމީ ގައުމެވެ.

އެގައުމުގެ 56 ޕަސެންޓް މީހުން ޔުނިވަސިޓީ ޑިގްރީ ފުރިހަމަކުރެ އެވެ. ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސި އަދި ފްރާންސް ބަހެވެ. ކެނެޑާގެ މައި ކުޅިވަރަކީ އައިސް ހޮކީ އެވެ. ގިނަ ކުޅިވަރުތަކުގައި އެމީހުންގެ ޕާޓްނަރޝިޕް ހަދާފައިވަނީ އެމެރިކާއާ އެވެ.

ސައިލް ލާރިން

ސައިލް ލާރިން

ސައިން ލާރިން އަކީ ކެނެޑާގެ ގައުމީ ޓީމުގެ އެންމެ ނުރައްކާތެރި ފޯވަޑެވެ. ކޮންކާކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ވެސް ހޯދި އެވެ.

ލާރިން ވަނީ މިހާތަނަށް ގައުމީ ޓީމަށް 66 މެޗުން 29 ގޯލު ޖަހާދީފަ އެވެ. އޭނާ މިހާރު ކުޅެމުންދަނީ ސްޕޭނުގެ ރެއާލް މަޔޯކާއަށެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ނެގީ 2014 ވަނަ އަހަރު އެވެ. ލާރިން އަކީ ކުލަބަށްވުރެ ބޮޑަށް ގައުމީ ޓީމުގައި ވިދާލާ ކުޅުންތެރިއެކެވެ.

ކޯޗު: ޖޯން ހާޑްމަން

ކޯޗު: ޖޯން ހާޑްމަން

ކެނެޑާގެ ކޯޗު ޖެސޭ މާޝް އަކީ އެމެރިކާ މީހެކެކެވެ. ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ހުރީ ލީޑްސް ޔުނައިޓެޑްގެ ކޯޗަކަށެވެ. ކެނެޑާ ޓީމާ އޭނާ ހަވާލުވީ 2024 ވަނަ އަހަރު މެއި މަހު އެވެ. މިހެންވެ ކޮޕާ އެމެރިކާ ވެގެންދާނީ އޭނާ ކުޅުންތެރިން ދަސްކުރާ މުބާރާތަކަށެވެ.

މާޝް ވަނީ ހެޑް ކޯޗެއްގެ ގޮތުން ނިއުޔޯކް ރެޑްބުލްސް އަށް ސަޕޯޓާޝް ޝީލްޑް ދެ ފަހަރު، އޮސްޓްރިއަން ބުންޑަސްލީގާ ދެ ފަހަރު، އަދި އޮސްޓްރިއަން ކަޕް ދެ ފަހަރު ހޯދައި މޭޖަ ސޮކާ ލީގުގެ އެންމެ މޮޅު ކޯޗުކަން 2015 ވަނަ އަހަރު ހޯދައިފަ އެވެ.

ޖާޒީ

Canada - Copa America home jersey
ހޯމް ޖާޒީ
Canada - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

21/06/24 05:00 Group A #1
ARG
2
CAN
0
މާސެޑޭޒް ބެންޒް ސްޓޭޑިއަމް
26/06/24 03:00 Group A #2
PER
0
CAN
1
ޗިލްޑްރަން މާކީ ޕާކް
30/06/24 05:00 Group A #3
އެކްސްޕްލޯރިއާ ސްޓޭޑިއަމް
06/07/24 06:00 #4
އާލިންގެޓަން ޓެކްސަސް ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.