ަރުގަދަ ކޮލިފައިން ކެމްޕޭނަކަށް ފަހު ޗެކްރިޕަބްލިކް ޖަރުމަނަށްދާނީ ވިދިވިދިގެން ކުޅޭ އަށް ވަނަ ޔޫރޯ މުބާރާތަށެވެ. އެކަމަކު އެމީހުންނަކީ މުބާރާތެއްގެ ފަހު ބަޔަށް ދަތުރުކުރެވޭ ޓީމަކަށް ނުވުމުން މާގިނަ ބައެއްގެ ފަރުވާލެއް ނޯވެ އެވެ. މެހުމާނުންތަކެއް ފަދަ އެވެ.
ޗެކްރިޕަބްލިކް ކޮލިފައިވީ އަލްބޭނިއާ އާއި ޕޮލެންޑް ހިމެނުނު ގްރޫޕުން ދެ ވަނަ ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ބަލިވީ ވެސް އެންމެ މެޗަކުންނެވެ.
މިހެންވެ މި ފަހަރުގެ ޔޫރޯ އަށް ޗެކްރިޕަބްލިކް ކުރިމަތިލަނީ ވަރުގަދަ އަޒުމަކާއެކުގަ އެވެ.
ޖަރުމަނުގެ ބަޔާން ލެވަކޫސަނަށް ބުންޑަސްލީގާ ހޯދައިދިނުމުގައި އެންމެ މުހިންމު ގޯލުތައް ޖަހައިދިނީ ޕެޓްރިކް ޝިކެވެ.
މިހެންވެ ޖަރުމަނުގެ ދަނޑުތައް އޭނާ އަށް އަމިއްލަ ދަނޑުހާ ފަރިތަވުމަކީ ލިބޭނެ ހިތްހަމަޖެހުމެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 37 މެޗުން 18 ގޯލު އަދި ބަޔާން ލެވަކޫސަނަސް 110 މެޗުން 51 ގޯލު ޖަހައިދީފަ އެވެ. މުބާރާތުގައި ޗެކް ރިޕަބްލިކް ކުރިއަށް ދިއުމާއި ނުދިއުން ގުޅިފައި އޮންނާނީ އޭނާ ދައްކާ ކުޅުމެއްގެ މައްޗަށެވެ.
ހަސެކް އަކީ އޭނާގެ އުމުރުން 60 އަހަރު ތެރޭގައި ދުނިޔޭގެ އެތަންމިތަނުގައި ގިނަ ޓީމުތަކަކަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ. އޭޝިޔާ އާއި ޔޫރަޕުގެ އިތުރުން އެފްރިކާގަ އެވެ.
ގައުމީ ޓީމުތަކަށް ބަލާއިރު ގެބޯން އާއި ލެބަނަން ޗެކްރިޕަބްލިކްގެ ގައުމީ ޓީމަށް 2009 ވަނަ އަހަރު ކޯޗުކޮށްދިން ފަސް މެޗު ހިމެނެ އެވެ. އޭނާ އަށް ޗެކް ރިޕަބްލިކްގެ ގައުމީ ކޯޗުކަން ލިބުނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއީ މުބާރާތަށް ކޮލިފައިކޮށްދިން ކޯޗޔ ޔަރޮސްލާވް ސިލްހާވީ މަގާމުން އިސްތިއުފާ ދިނުމުންނެވެ.
މިހެންވެ މުބާރާތަށްދާއިރު ޓީމުގެ ކުޅުމާއި ގުޅުން އަދި ކުޅުންތެރިންނަށް އެންމެ ކޮށި ކޯޗަކަށްވުން ގާތީ ހަސެކް އެވެ.