ތުރުކީ
އާބާދީ:
85.37 މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
5
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ހަކާން ޝުކޫރު (51 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ރުސްތުކް ރެކްބާ (120 މެޗު)
ކޯޗު:
ވިންސެންޒޯ މޮންޓެޔާ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޔޫނުސް އަކްގުން. ކެނަން ޔިލްޑިޒް
ކޮލިފައިންގެ ނަތީޖާ

އެންމެ ފަހުގެ ޔޫރޯގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ތުރުކީން ފޮށިތަންމަތި ބަންދުކުރީ ލަދުވެތިކަމާއެކުގަ އެވެ.

އެކަމަކު ވޭލްސް އާއި ކްރޮއޭޝިޔާ ފަހަތަށް އެއްލާލައި އެމީހުން މި ފަހަރުގެ ކޮލިފައިން ނިންމާލީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް ތުރުކީންނެވެ.

ނަމަވެސް ސުވާލަކަށްވެފައިވަނީ ބޮޑު މުބާރާތެއްގައި ތުރުކީން ހޯދާނެ ނަތީޖާ އެވެ. މިހާރު ވެސް ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ވީ ބައްޔެވެ.

އޭގެ ތެރޭގައި ޖަރުމަނާއި އޮސްޓްރިއާ ފަދަ ގައުމުތައް ހިމެނެ އެވެ. ގިނަ ބަޔަލު ބުނަނީ މިހެންވެ ތުރުކީން މުބާރާތް ފެށުން ރަނގަޅީ އުއްމީދުތައް މަތިނުކޮށް ހަމަބިމުގައި ތިބެގެން ކަމަށެވެ.

ހަކާން ކަލްހަނޯގްލޫ

ހަކާން ކަލްހަނޯގްލޫ

ކެޕްޓަން ހަކާން ކަލްހަނޯގްލޫ އަކީ ޓީމުގެ ތަރި އެވެ. އޭނާ އުފަންވީ ޖަރުމަނަށެވެ. ނަމަވެސް ތުރުކީ އަށް ކުޅެން ނިންމީ އެއީ އޭނާގެ މައިންބަފައިންގެ ގައުމުތަކަށްވާތީ އެވެ.

އިޓަލީގެ އޭސީ މިލާނުން 2021 ވަނަ އަހަރު ވާދަވެރި އިންޓަމިލާނަށް ބަދަލުވުމަށްފަހު ކަލްހަނޯގްލޫ ދައްކަމުންދަނީ ޔޫރަޕުގެ ކޮންމެ ޓީމަކުން ވެސް ޝައުގުވެރިވާ ފަދަ ކުޅުމެކެވެ.

އޭނާ އެންމެ ފުރަތަމަ ކުޅުނީ އެޓޭކިން މިޑްފީލްޑަރަކަށެވެ. ނަމަވެސް އިންޓަމިލާނުގައި ފަރިތަވީ މެދުތެރެއިން ފަހަތަށް ޖެހިގެން ކުޅޭ ކުޅުންތެރިއަކަށެވެ. އޭނާގެ ތަޖުރިބާއަކީ ތުރުކީ ޓީމަށް ވަރަށް މުހިންމު އެއްޗަކަމެނުވީ ނުވާނެ އެވެ.

ކޯޗު: ވިންސެންޒޯ މޮންޓެޔާ

ކޯޗު: ވިންސެންޒޯ މޮންޓެޔާ

އުމުރުން 49 އަހަރުގެ އިޓަލީގެ ކޯޗަކީ އޭނާގެ މަސައްކަތާމެދު ސުވާލު އުފައްދަން ނުޖެހޭ ވަރުގެ ކޯޗެވެ.

އޭނާގެ ތުރުކީގެ ގައުމީ ޓީމާ ހަވާލުވީ އެ ގައުމުގެ ލީގު ޗެމްޕިއަންކަން އަދަނާ ޑެމިރްސްޕޯ އަށް ހޯދައިދިނުމަށްފަހު އެވެ. ގައުމީ ޓީމާ ހަވާލުވުމަށްފަހު ފުރަތަމަ ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅު ނުވި ނަމަވެސް ފަހުން އޭނާ ވަނީ ގިނަ ބައެއްގެ އިތުބާރު ހޯދައިފަ އެވެ.

ޖާޒީ

Turkey - Euro home jersey
ހޯމް ޖާޒީ
Turkey - Euro away jersey
އަވޭ ޖާޒީ

މެޗުތައް

18/06/24 21:00 Group F #1
CZE
3
GEO
1
3. ޑޯޓްމުންޑް: ސިގްނަލް އިދުނާ ޕާކް
22/06/24 21:00 Group F #2
CZE
0
POR
3
3. ޑޯޓްމުންޑް: ސިގްނަލް އިދުނާ ޕާކް
27/06/24 00:00 Group F #3
TUR
1
CZE
2
ހަމްބާގް: ވޮލްކްސްޕާކްސްޓާޑިއަން
03/07/24 00:00 #4
AUT
2
CZE
1
ލައިޕްޒިގް ސްޓޭޑިއަމް
07/07/24 00:00 #5
1. ބާލިން: އޮލިމްޕިއަސްޓޭޑަން ބާލިން
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.