ޖޯޖިއާ
އާބާދީ:
3.7 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
0
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ޝޯޓާ އަރްވެލަޑޭޒް (26 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ގުރަމް ކަޝިއާ (112 މެޗު)
ކޯޗު:
ވިލީ ސަގްނޯލް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޖިއޯޖީ ލޮރިއާ، ޗަކްވެޓާޒޭ
ކޮލިފައިންގެ ނަތީޖާ

މި ފަހަރުގެ ޔޫރޯ އަކީ ޖޯޖިއާގެ ފުރަތަމަ ބައިނަލް އަގްވާމީ ބޮޑު މުބާރާތެވެ. ޖޯޖިއާ ކޮލިފައިވީ ޕްލޭއޯފްގައި ލަގްޒެމްބާގާއި 2004 ވަނަ އަހަރުގެ ޗެމްޕިއަން ގްރީސް ބަލިކޮށްގެންނެވެ.

އެމީހުންނަށް ޕްލޭއޯފްގެ ޖާގަ ލިބުނީ ނޭޝަންސް ލީގުގެ ނަތީޖާ ރަނގަޅުވުމުންނެވެ. ކިތަންމެ ދުވަހަކުންވިޔަސް، ކޮންމެ ގޮތަކަށްވިޔަސް ބޮޑު މުބާރާތެއް ކުޅުމުގެ އިންތިޒާރަށް ނިމުން އައުމުން ޖޯޖިއާގެ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންނެވެ.

ކްވީޗާ ކަވާރަސްކީލިއާ

ކްވީޗާ ކަވާރަސްކީލިއާ

ނަޕޯލީގެ 23 އަހަރުގެ ފޯވަޑް ކަވާރަސްކީލިއާ އަކީ މި ޓީމުގެ ތަރި އެވެ. އޭނާ ވަނީ 29 މެޗުން 15 ގޯލު ޖަހައިދީފަ އެވެ. ޖޯޖިއާގެ އާ ޖީލުގެ ތެރެއިން ޔޫރަޕުގައި ކުޅޭ އެންމެ ރަނގަޅު އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ކޮލިފައިންގައި ވެސް އޭނާ ވަނީ ހަތަރު ގޯލު ޖަހައިދީފަ އެވެ.

ޔޫރަޕުގެ ގިނަ ޓީމުތަކުން އޭނާ ގެންދަން ބޭނުންވެފައިވާއިރު ބޮޑު ކުލަބަކަށް އޭނާ ދާންޖެހޭނީ ކުޅެން ފުރުސަތުލިބޭނަމަ އެކަނި ކަމަށް ގައުމީ ކޯޗު ވަނީ މި ކުޅުންތެރިޔާ އަށް އަންގައިފަ އެވެ.

ސަބަބަކީ ނުކުޅެ އިންނަންޖެހިއްޖެނަމަ އޭނާގެ ހުނަރު ތަރައްގީ ނުކުރެވޭނެތީ އެވެ.

ކޯޗު: ވޮލީ ސަގްނޯލް

ކޯޗު: ވޮލީ ސަގްނޯލް

ފްރާންސްގެ ކުރީގެ ޑިފެންޑަރު ވިލީ ސަންގޯލް ކޯޗިން ކެރިއަކު ފެށީ 2013 ވަނަ އަހަރު ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުންނެވެ.

އޭގެ ފަހުން އޭނާ ވަނީ ބޯޑޯ އަށް ކޯޗުކޮށްދިނުމަށް ފަހު ބަޔާން މިއުނިކްގެ އެސިސްޓެންޓް ކޯޗުކަމާއި ސީނިއާ ޓީމުގެ ހެޑްކޯޗުކަން ވެސް ވަގުތީ ގޮތުން އަދާކޮށްފަ އެވެ. ޖޯޖިއާގެ ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ގައުމީ ޓީމުގައި އޭނާ ވަނީ 33 މެޗުން 16 މެޗު ކާމިޔާބުކޮށްފަ އެވެ.

ބަޔާން މިއުނިކުން ސަގްނޯލް އެކުލަބަށް ގެންދަން އަދިވެސް ޝައުގުވެރިވެ އެވެ. ފުރަތަމަ ފަހަރަށް ޔޫރޯ އަށް ޖޯޖިއާ ކޮލިފައިކޮށްދިނުމުން އޭނާ މަތިން އެ ގައުމުން އަބަދުވެސް ހަނދާން ހުންނާނެ އެވެ.

ޖާޒީ

Georgia - Euro home jersey
ހޯމް ޖާޒީ
Georgia - Euro away jersey
އަވޭ ޖާޒީ

މެޗުތައް

18/06/24 21:00 Group F #1
CZE
3
GEO
1
3. ޑޯޓްމުންޑް: ސިގްނަލް އިދުނާ ޕާކް
22/06/24 18:00 Group F #2
GEO
1
TUR
1
ހަމްބާގް: ވޮލްކްސްޕާކްސްޓާޑިއަން
27/06/24 00:00 Group F #3
GEO
2
POR
0
އައުފްޝާލްކާ އެރީނާ
01/07/24 00:00 #4
ESP
4
GEO
1
އައުފްޝާލްކާ އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.