އިޓަލީ
އާބާދީ:
58.8 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
10
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ިޖީ ރިވާ (35 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ޖިއާން ލުއިޖީ ބުފަން (176 މެޗު)
ކޯޗު:
ލޫސިއާނޯ ސްޕަލެއްޗީ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޖިއާން ލުއިޖީ ޑޮނަރޫމާ، ސިރީ އިމޮބައިލް
ކޮލިފައިންގެ ނަތީޖާ

ފުޓްބޯޅައިގެ ވަރުގަދަ ލީގަކާއި މުއްސަދި ސަގާފަތަކާއި ތާރީހެއް ލިބިފައިވި ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮލިފައިވޯ ކިރިޔަކުރިޔާ އެވެ.

އިންގްލޭންޑް ހިމެނުނު ގްރޫޕުން އިޓަލީ ދިޔައީ ދެ ވަނަ އަށެވެ. އަށް މެޗުން ހަތަރު މެޗުން މޮޅުވިއިރު ދެ މެޗުން ބަލިވެ އަނެއް ދެ މެޗު އެއްވަރުވެ، ޕޮއިންޓްގެ ގޮތުން ޔުކްރޭނާ އެއްވަރުވިއިރު އިޓަލީ އަށް ކުރި ލިބުނީ ދެ ޓީމުގެ ނަތީޖާ އިޓަލީ ކޮޅަށް ބުރަވެފައި އޮތުމުން އެކަންޏެވެ.

އަދި އެންމެ ނާޒުކު ވަގުތު ކޯޗުކަމުން ރޮބާޓޯ މަންޗިނީ އިސްތިއުފާ ދިނުމުން ޓީމު ކޮލިފައިކޮށްދިނީ ލޫސިއާނޯ ސްޕަލެއްޗީ އެވެ.

އެންމެ ފަހުގެ ޗެމްޕިއަނުނަށް ވިޔަސް އިޓަލީއަށް މިދިޔަ 10ވަރަކަށް އަހަރު ބޮޑެތި މުބާރާތްތަކުގައި މާ އެދެވޭ ކާމިޔާބީއެއްނުލިބެ އެވެ.

ނަމަވެސް ޓީމުގައި ތިބީ ނުހަނު ހުނަރުވެރި، ގަދަ ޓީމުތަކުގެ ކުޅުންތެރިން ކަމުން 2014 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތްތަކުގައި ކުރިމަތިވާ ނާކާމިޔާބީ އަކީ އަސްލު ފެންވަރުނޫންކަމަށާއި އެންމެ ފަހުގެ މުބާރާތުގެ ތަށި ލިބުނީ ނަސީބަކުން ނޫންކަން ސާބިތުކޮށްދޭން އިޓަލީ އޮތީ ތައްޔާރަށެވެ.

މަޓެއޯ ރެޓެގުއި

މަޓެއޯ ރެޓެގުއި

ފާއިތުވެދިޔަ އަހަރުތަކުގައި އިޓަލީ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ރަނގަޅު އެޓޭކިން ލައިނެއް ނެތުމެވެ.

ނަމަވެސް އާޖެންޓީނާ އަށް އުފަން ރެޓެގުއި އަކީ މިކަން ހައްލުކުރަން އެ ގައުމަށް ގެނައި ކުޅުންތެރިޔާ އެވެ.

އިޓަލީގެ ރަށްވެހިކަން އޭނާ އަށް ދިނީ 2023ގެ މާޗުގަ އެވެ. މިހާރު އޭނާ ވަނީ ހަ މެޗުން ގައުމީ ޓީމަށް ހަތަރު ގޯލުޖަހާފަ އެވެ. އިޓަލީގެ މިޑްފީލްޑް ވަރުގަދަކަމުން ކޯޗު އުއްމީދުކުރަނީ ފޯވަޑުންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.

ލޫސިއާނޯ ސްޕަލެއްޗީ

ލޫސިއާނޯ ސްޕަލެއްޗީ

އިޓަލީގެ ފުޓްބޯޅަ ވެއްޓެމުންދަނިކޮށް ނަގަހައޓައިދިނީ އޭނާ ކަމަށް ވެސް ބުނެވިދާނެ އެވެ. ސްޕަލެއްޗީގެ އެންމެ ހާއްސަ ކާމިޔާބީ އަކީ މިދިޔަ އަހަރުގެ ސީޒަނުގެ ތަށި އިޓަލީގެ ނަޕޯލީ އަށް ހޯދައިދިނުމެވެ. އޭނާ މުޅިން ވެސް މިހާތަނަށް ކޯޗުކޮށްދީފައިވަނީ މެދުފަންތީގެ ޓީމުތަކަށެވެ.

މިހެންވެ ގައުމީ ޓީމުގައި ހުރެވޭނީ ވަރަށް ވިސްނުންތެރިކަމާއެކު ސްޓައިލާއި ބަސްމަގު ބަދަލުކޮށް، ނަތީޖާ ނެރެދީގެންކަން އޭނާ އަށް އެނގެ އެވެ.

ޖާޒީ

Italy - Euro home jersey
ހޯމް ޖާޒީ
Italy - Euro away jersey
އަވޭ ޖާޒީ

މެޗުތައް

16/06/24 00:00 Group B #1
ITA
2
ALB
1
3. ޑޯޓްމުންޑް: ސިގްނަލް އިދުނާ ޕާކް
21/06/24 00:00 Group B #2
ESP
1
ITA
0
އައުފްޝާލްކާ އެރީނާ
25/06/24 00:00 Group B #3
CRO
1
ITA
1
ލައިޕްޒިގް ސްޓޭޑިއަމް
29/06/24 21:00 #4
SUI
2
ITA
0
1. ބާލިން: އޮލިމްޕިއަސްޓޭޑަން ބާލިން
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.