 
 
                
                 
                
                ސްވިޒަލޭންޑް ވަނީ އެންމެ ފަހުގެ ބޮޑު ފަސް މުބާރާތުގައި ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ކުރިއަށް ގޮސްފަ އެވެ. ޓީމުގައި ގިނައިން ތިބީ މި މުބާރާތްތަކުގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންނެވެ. މިހެންވެ އަނެއްކާ ވެސް ނަތީޖާ ތަކުރާރުކުރުމަކީ އެމީހުން ބޭނުންވާ ކަމެކެވެ. 
ގްރޒނިތް ޒަކާ އާއި ޒެންޑެން ޝަގީރީ އަދި ފަބިއަން ޝާ އަކީ 30ގެ ފަހުކޮޅަށް އެޅެމުންދާ އެކަމަކު އާއްމުން ދަންނަ މޫނުތަކެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މި ފަހަރުގެ މުބާރާތް ވަނީ ބައިނަލް އަގްވާމީ ބޮޑު ފަހު މުބާރާތަށެވެ. 
އެކަމަކު ކޮލިފައިންގައި އެމީހުންނަށް މާ އެދެވޭ ނަތީޖާތަކެއް ނުހޯދުނެވެ. 10 މެޗު ކުޅެގެން މޮޅުވީ އެންމެ ހަތަރު މެޗުންނެވެ. ފަސް މެޗު އެއްވަރުވިއިރު ބަލިވީ ގްރޫޕުގެ އެއްވަނަ ހޯދި ރޫމޭނިޔާ އަތުންނެވެ. ޖެހ ކޮންމެ ދެ ގޯލަކަށް ބައިކޮޅަށް ގޯލެއް ވަނުމަކީ ކޯޗުގެ ކަންބޮޑުވުން އޮތް ކަމެކެވެ. 
 
                    ޒަކާ އަކީ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާގެ މާޒީ އަށް ބެލުމުގެ ބޭނުމެއްނެތީ ގައުމީ ޓީމަށް ކުޅެދިން 123 މެޗުގެ ތަޖުރިބާއަކީ ޓީމުގައި ކޮންމެހެން ވެސް އޭނާ ބަހައްޓަންޖެހޭ ފަދަ ކަމަކަށްވާތީ އެވެ. އޭނާ ވަނީ ބަޔާން ލެވަކޫސަން އަށް ބަދަލުވުމަށްފަހު ނިމިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މިހެންވެ ސްވިޒަލޭންޑްގެ ދުވެލި ހުންނާނީ އޭނާ ކުޅޭ ކުޅުމެއްގެ މައްޗަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 
 
                    މުރާތަކީ ސްވިޒަލޭންޑްގެ ކުރީގެ ޑިފެންޑަރެވެ. އަމިއްލ ގައުމުގެ ހަ ކުލަބަކާއި ރަޝިޔާގެ ސްޕާޓަކް މޮސްކޯ އަށް އޭނާ ކޯޗުކޮށްދިނެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިއިން އެއްވެސް ކުލަބެއްގައި ދެ އަހަރަށްވުރެ އިތުރަށް އޭނާ ހުރެފައިނުވާ ކަމެވެ.
 ގައުމީ ޓީމުގައި އޭނަގެ ރެކޯޑްތައް ފުރިހަމައެވެ. 32 މެޗުގެ ތެރެއިން 14 މެޗުން ކާމިޔާބު ހޯދި އެވެ.
 
                             
                            