މެކްސިކޯ
އާބާދީ:
129.3 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު:
11
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ހާވިއާ ހަނާންޑޭޒް (52 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
އަންދްރޭސް ގުއަރްޑާޑޯ (179 މެޗު)
ކޯޗު:
ޖައިމީ ލޮޒާނޯ
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޖޯޖް ސަންޗޭޒް، އެޑްސަން އަލްވަރާޒް
ކޮލިފައިންގެ ނަތީޖާ:
-
ކޮލިފައިންގެ ނަތީޖާ

މެކްސިކޯއަކީ އުތުރު އެމެރިކާގެ ދެކުނު ބިތުގައި، ޔޫއެސްއޭއާ އިންވެގެން އޮންނަ ގައުމެކެވެ. މެކްސިކޯއަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ 13 ވަނައަށް އެންމެ ބޮޑު ގައުމެވެ.

އަދި ދުނިޔޭގެ 10 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. ޑްރަގް ވިޔަފާރީގެ ބޮޑުންނާއި ކޮރަޕްޓް ސިޔާސީ މީހުންނަކީ ނޫސްވެރިންނަށް އެންމެ ބޮޑަށް ނުރައްކާކުރާ މީހުންނެވެ.

މެކްސިކޯގެ ރޭޑިއޯ ޓެންވޯކް ވަރަށް ފުޅަލެވެ. މެކްސިކޯގައި އެންމެ މަޤުބޫލު ދެ ކުޅިވަރަކީ ފުޓްބޯޅައާއި ބޮކްސިންގ އެވެ. އެހެނަސް ބައެއް ސަރަހައްދުތަކުގައި އެހެން ބައެއް ކުޅިވަރުތަކުގެ މަޤުބޫލުކަން ބޮޑެވެ.

މެކްސިކޯއަކީ ވޯލްޑް ކަޕްގެ އަލަތު މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ކުޅުމުގެ ޝަރަފު އޮތް ގައުމެކެވެ. އެ މެޗު ކުޅުނީ ފްރާންސާ ދެކޮޅަށެވެ. މެކްސިކޯގައި މިހާތަނަށް ވޯލްޑް ކަޕްގެ 2 މުބާރާތެއް ބާއްވާފައި ވެއެވެ.

ކޮންކަކަފް ސަރަހައްދުން ފީފާގެ މުބާރާތެއް ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ހަމައެކަނި ގައުމަކީ ވެސް މެކްސިކޯއެވެ. ކޮޕާ އެމެރިކާގައި އެންމެ ދުރަށް ދެވުނީ ފައިނަލާ ހަމައަށެވެ. އެއީ 1993 އާއި 2001ގަ އެވެ.

ހާވިން ލޮޒާނޯ

ހާވިން ލޮޒާނޯ

މިހާރު ޕީއެސްވީގެ ރައިޓް ވިންގަށް ކުޅޭ ލޮޒާނޯ އަކީ މެކްސިކޯގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އުމުރުން 30 އަހަރުގެ ލޮޒާނޯ ސީނިޔާ ކެރިއަރ ފެށީ 2014 ވަނަ އަހަރު މެކްސިކޯގެ ޕަޗޫކާ އިންނެވެ.

އެ ކްލަބަށް އޭނާ 152 މެޗުން 44 ލަނޑު ކާމިޔާބު ކޮށްދިނެވެ. އިޓާލިއަން ލީގުގެ މި ސީޒަންގައި މިހާތަނަށް ނަޕޯލީއަށް އޭނާ 6 މެޗު ކުޅެފައިވާއިރު، 1 އެސިސްޓް ހަދާފައިވެއެވެ.

ލޮޒާނޯއަށް މެކްސިކޯގެ ގައުމީ ޓީމަށް ކުޅެން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2016 ވަނަ އަހަރުގައެވެ. ގައުމީ ޓީމަށް އޭނާ މިހާތަނަށް 58 މެޗު ކުޅެދީފައިވާއިރު، ޖުމްލަ 15 ލަނޑު ޖަހައިދީފައިވެއެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ޓީމަށް ކުޅެން ލިބުނު ލޮޒާނޯ ވަނީ މެކްސިކޯގެ ޒުވާން ޓީމާއެކު 2015 ވަނަ އަހަރު 20 އަހަރުން ދަށުގެ ކޮންކަކަފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކޮށްފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މެކްސިކޯ ކުޅުނު ފުރަތަމަ މެޗުން ޖަރުމަނު ޓީމު ބަލިކުރީ ވެސް އޭނާގެ ލަނޑަކުންނެވެ. އެ މެޗު މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާއަށެވެ.

ކޯޗު: އަރްތޫރޯ ލޮޒާނޯ

ކޯޗު: އަރްތޫރޯ ލޮޒާނޯ

އަރްތޫރޯ ލޮޒާނޯ އަކީ މެކްސިކީގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ ކޯޗެކެވެ. އޭނާ ވަނީ މެކްސިކޯގެ ގައުމީ ޓީމަށް 34 މެޗު ކުޅެދީ 12 ގޯލު ޖަހައިދީފަ އެވެ.

ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އޭގެ ކުރިން މެކްސިކޯގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ލޮޒާނޯ ހުއްޓެވެ.

އުމުރުން 45 އަހަރުގެ ކޯޗުގެ ބައިންބަފައިންނަކީ ކުރީގެ ދެ އެކްޓަރުންނެވެ. މިހެންވެ އޭނާގެ ވަނަމަކީ ވެސް ދަ އެކްޓަ އެވެ. ގައުމީ ކޯޗުކަމުގައި މިހާތަނަށް 16 މެޗުން 9 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ.

އޭނާ ވަނީ މެކްސިކޯގެ ގައުމީ ޓީމާއެކު 2023 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

ޖާޒީ

Mexico - Copa America home jersey
ހޯމް ޖާޒީ
Mexico - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

23/06/24 06:00 Group B #1
MEX
1
JAM
0
އެންޖީއާރު ސްޓޭޑިއަމް
27/06/24 06:00 Group B #2
VEN
1
MEX
0
ސޮފީ ސްޓޭޑިއަމް
01/07/24 05:00 Group B #3
މާސެޑޭޒް ބެންޒް ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.