އިކުއޭޑޯ
އާބާދީ:
18.3 މިލިއަން މީހުން
ފީފާ ރޭންކިން:
-
ކޮޕާ އެމެރިކާގައި ކުޅުނު އަދަދު::
30
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
އެނާ ވެލެންސިއާ (40 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
އިވާން ހުޓާޑޯ (168 މެޗު)
ކޯޗު:
ފެލިކްސް ސަންޗޭޒް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޖޯޑީ ސެއިސާޑޯ، މޮއިސެސް ސެއިސާޑޯ
ކޮލިފައިންގެ ނަތީޖާ

ދެކުނު އެމެރިކާގެ ހުޅަނގުއުރުތުގައި ކޮލަމްބިއާ އާއި ޕެރޫއާ އިންވެގެން އޮތް ގައުމެވެ. 19 ވަނަ ގަރުނުގެ ކުރީކޮޅުގައި އިކުއެޑޯ އޮތީ ސްޕޭނުގެ އަޅުވެތިކަމުގަ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ގިނަ ބަޔަކު ވާހަކަ ދައްކައި އުޅެނީ ވެސް ސްޕޭން ބަހެވެ. ދަނޑުވެރިބައެއްގެ ގޮތުގައި ކުރިން މަޝްހޫރުވި ނަމަވެސް ފަހުން އިކުއެޑޯގެ އިގްތިސާދު ބައްޓަންވީ ތެލުގެ ވިޔަފާރިއަށެވެ. ގައުމުގެ މުއާސަލާތީ މައި މީޑިއަމަކީ ރޭޑިއޯ އެވެ.

އިކުއެޑޯގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ކުދިން އެންމެ އަސާސީ ތައުލީމު އުނގެނުމަށްޓަކައި އުމުރުން 14 އަހަރު ވަންދެން ސްކޫލަށް ދާންޖެހެ އެވެ.

އަސާސީ ތައުލީމުގެ ހުރިހާ ހަރަދެއްދޭނީ ސަރުކާރުންނެވެ. އެމީހުންގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. ޓެނިހާއި ބާސްކެޓްގެ މަގުބޫލުކަން ވެސް ބޮޑެވެ.

އިކުއެޑޯ ވޯލްޑްކަޕުގައި ކުޅެފައިވަނީ އެންމެ ހަތަރު ފަހަރު އެވެ. ކޮޕާ އެމެރިކާގައި އެންމެ ދުރަށް ދެވުނީ ވެސް 1959 ވަނަ އަހަރާއި 1993 ވަނަ އަހަރު އެވެ.

އެއީ ސެމީ ފައިނަލަށެވެ. ހުސްވި އަހަރު ކުޅުނު އަށް މެޗުގެ ފަސް މެޗު ކާމިޔާބުކޮށް ބަލިވީ އާޖެންޓީނާ އަތުން އެކަންޏެވެ.

މި އަހަރު ގުއަޓެމާލާ އަތުން މޮޅުވިއިރު އިޓަލީ އަތުންވީ ބައްޔެވެ.

އެނާ ވެލެންސިއާ

އެނާ ވެލެންސިއާ

އެނާ ވެލެންސިއާ އަކީ ޓީމުގެ ކެޕްޓަނެވެ. ތުރުކީގެ ފެނަބާޗޭ އަށް ފަހު ބްރެޒިލްގެ އިންޓަނޭސިއޮނެލަ އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ފޯވަޑް ވެސްމެ އެވެ.

އޭނާގެ އުމުރުން 34 އަހަރުވީއިރު މިހާތަނަށް ގައުމީ ޓީމަށް 83 މެޗުން 40 ގޯލު ޖަހާދީފައި އެވެ.

އޭނާ އަކީ ވަރަށް ފަރީގު އާއިލާއަކުން ގައުމީ ޓީމާ ހަމައަށް ދަތުރުކުރި ކުޅުންތެރިއެކެވެ. އިކުއެޑޯގެ އެމެލަކް ކުލަބަށް ކުޅެން 2010 ވަނަ އަހަރު އައިސް އޭނާ ފުރަތަމަ ހުންނަން ޖެހުނީ އެކުލަބުން މެޗުތައް ކުޅޭ ސްޓޭޑިއަމުގެ އެންމެ އަސާސީ ފެންވަރުގެ ކޮޓަރިބަރީގަ އެވެ.

ކާންބޯނެ އެއްޗެއް ގަންނަން އަތަކު ފައިސާއެއްނެތެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ދަރިއަކަށް ހަރަދުނުކުރާ މައްސަލާގައި އޭނާ ހައްޔަރުކުރަން ކޯޓުން ހުކުމެއްވެސް ކުރި އެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގެ ވެންޓްހޭމް އާއި އެވަޓަންއަށް ވެސް ކުޅެފަ އެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 5 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ކޯޗު: ފެލިކްސް ސަންޗޭޒް

ކޯޗު: ފެލިކްސް ސަންޗޭޒް

އިކުއެޑޯގެ ކޯޗަކީ 2002 ވަނަ އަހަރު ވޯލްޑްކަޕުގައި ގަތަރަށް ކޯޗުކޮށްދިން ސްޕޭނުގެ ފެލިކްސް ސަންޗޭޒެވެ.

އޭނާ އަކީ ސްޕޭނުގެ ބާސެލޯނާ އަށް އުފަން ކޯޗެކެވެ. ބާސެލޯނާގެ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރުމަށްފަހު އޭނާ ގަތަރަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ގަތަރުގެ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރުމަށްފަހު ގައުމީ ޓީމާ އޭނާ ހަވާލުވީ 2017 ވަނަ އަހަރު އެވެ.

އޭނާގެ ކޯޗުކަމުގެ ދަށޫން ގަތަރުން 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް އުފުލާލުމަކީ އެގައުމަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު ހަމައެކަނި ތައްޓެވެ.

އޭނާ ވަނީ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތް ވެސް 2014 ވަނަ އަހަރު ގަތަރަށް ކާމިޔާބުކޮށްދީފަ އެވެ. ވޯލްޑްކަޕުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމުން ގަތަރުން އޭނާ މަގާމުން ވަކިކުރި ނަމަވެސް އިކުއެޑޯ މީހުން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ މޮޅު ކޯޗެވެ.

މިދިޔަ އަހަރުގެ މާޗު މަހު އޭނާ ހަވާލުވުމަށްފަހު އިކުއެޑޯ މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ބަލިވީ ތިން މެޗުންނެވެ. އޭނާގެ މިލްކިއްޔާތުގައި 1.5 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ޖާޒީ

Ecuador - Copa America home jersey
ހޯމް ޖާޒީ
Ecuador - Copa America away jersey
އަވޭ ޖާޒީ

މެޗުތައް

23/06/24 03:00 Group B #1
ECU
1
VEN
2
ލެވީ ސްޓޭޑިއަމް
27/06/24 03:00 Group B #2
ECU
3
JAM
1
އެލެގަންޓް ސްޓޭޑިއަމް
01/07/24 05:00 Group B #3
މާސެޑޭޒް ބެންޒް ސްޓޭޑިއަމް
05/07/24 06:00 #4
ARG
1
ECU
1
އެންޖީއާރު ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.