ވެނެޒުއޭލާ އަކީ މި ފަހަރުގެ ކޮޕާ އެމެރިކާގައި ކުޅޭ އެންމެ ބަލި އެއް ގައުމެވެ. 1954 ވަނަ އަހަރު ފީފާގެ މެމްބަރުކަން ލިބުނު ނަމަވެސް އެއީ ވޯލްޑްކަޕުގެ ތަޖުރިބާ ލިބިފައިވާ ގައުމެއްނޫނެވެ.
ކޮޕާ އެމެރިކާގައި ކުޅެން ފެށީ 1967 އިން ފެށިގެންނެވެ. މިހާތަނަށް މި މުބާރާތުގައި ހޯދުނު އެންމެ ރަނގަޅު ކާމިޔާބީ އަކީ 2011 ވަނަ އަހަރު ހަތަރު ވަނަ މަގާމު ލިބުމެވެ.
މުޅި މުބާރާތުގައި މިހާތަނަށް 70 މެޗު ކުޅެފައިވާއިރު މޮޅުވީ އަށް މެޗުންނެވެ. ބަލިވީ 45 މެޗުންނެވެ. ހުސްވި އަހަރު ވެސް ވެނެޒުއޭލާ ވަނީ އަށް މެޗެއް ކުޅެފަ އެވެ.
ކޮލަމްބިއާ އަތުން އެކަނި ބަލިވި ނަމަވެސް މޮޅުވެފައިވަނީ ނިސްބަތުން ފެންވަރު ދެރަ ގައުމުތައް އަތުންނެވެ. މި އަހަރު އިޓަލީ އަތުން ބެލިވިއިރު ގުއަޓެމާލާއާ ވާދަކޮށް އެއްވަރުވީ އެވެ.
ވެނެޒުއޭލާގެ ގިނަ ކުޅުންތެރިން ކޮލަމްބިއާ އާއި ބްރެޒިލް އަދި މެކްސިކޯ ލީގުގަ އެވެ.
ތޯމަސް ރިންކޮން އަކީ އުމުރުން 36 އަހަރުގެ ކުޅުންތެރިއެކެވެ. އޭނާ އަކީ ޓީމުގެ ކެޕްޓަނެވެ. މެދުތެރޭގައި އަބަދުވެސް ރަނގަޅު ކުޅުމެއް ދައްކާ އިންޖަރީވެގެން ނުކުޅެ ހުންނަންނުޖެހޭފަދަ ކުޅުންތެރިއެކެވެ.
މިޑްފީލްޑްގެ ގިނަ މަގާމުތަކަކަށް ކުޅޭ ވަރަށް މޮބައިލް ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެނީ ބްރެޒިލްގެ ސަންޓޯސް އަށެވެ. ޔޫރަޕުގެ ތަޖުރިބާއަށް ބަލާއިރު އޭނާ ވަނީ އިޓަލީގެ ގިނަ ކުލަބުތަކަކަށް ކުޅެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޔުވެންޓަސް އާއި ޓޯރިނޯ އަދި ސެމްޕްޑޯރިއާއެވެ. ގައުމީ ޓީމަށް މިހާތަނަށް 132 މެޗު ކުޅެދީފައިވާއިރު ޖެހީ އެންމެ ގޯލެކެވެ. އޭނާ އަކި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ވެސްމެ އެވެ.
ކޯޗު ފެނާންޑޯ ބަޓިސްޓާ އަކީ އާޖެންޓީނާ މީހެކެވެ. އޭނާގެ ކޯޗިންގެ ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ އާޖެންޓީނާގަ އެވެ.
މި ގޮތުން އެ ގައުމުގެ 18 އަހަރުން ދަށާއި 19 އަހަރުންދަށް އަދި 20 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ހެޑްކޯޗުކަން ކުރި އެވެ.
ވެނެޒުއޭލާގެ ގައުމީ ކޯޗުކަމާ އޭނާ 2023ވަނަ އަހަރު ހަވާލުވީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވުމަށްފަހު އެވެ.
އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވީ ފަސް މެޗުންނެވެ. ބަލިވީ ދެ މެޗުންނެވެ.