ސްކޮޓްލެންޑް
އާބާދީ:
5.4 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
3
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ކެނީ ޑަލްގްލިޝް، ޑެނިސް ލޯ، 30 ގޯލު
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ކެނީ ޑަލްގްލިޝް. 102 މެޗު
ކޯޗު:
ސްޓީވް ކްލާކް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
އެންޑީ ރޮބަޓްސަން، ސްކޮޓް މެކްޓޮމިނޭ
ކޮލިފައިންގެ ނަތީޖާ

ސްކޮޓްލޭންޑް ނުވަތަ ޓާޓަން އެނިމީ ކޮލިފައިވީ ދަތިކަމެއްނެތި އެވެ. ކޮލިފައިންގައި ސްޕޭން ވެސް ބަލިކުރި އެވެ. އަށް މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. ކްލާކަ ވަނީ ސްކޮޓްލޭންޑްގައި ޒުވާން މޮޅު ޓީމެއް އެކުލަވާލައިފަ އެވެ. ނަމަވެސް ތަޖުރިބާމަދުކަމުން ޔޫރަޕުގެ ގަދަ ޓީމުތައް ބަލިކުރުމަކީ އެމީހުންނަށް އަދި މާފަސޭހަކަމަކަށްނުވެ އެވެ.

ހާއްސަކޮށް އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ނުކުޅެވުމަކީ ޓީމުގެ އެންމެ ބޮޑު ބަލިފަޔެވެ.

ސްކޮޓް މެކްޓޮމިނޭ

ސްކޮޓް މެކްޓޮމިނޭ

ކޮލިފައިންގައި މިޑްފީލްޑަރު މެކްޓޮމިނޭ ވަނީ އަށް މެޗުން ހަތް ގޯލު ޖަހައިފަ އެވެ. މިއަށްވުރެ ވިދުންގަދަ ބަޔަކަށް ތިބީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފޯވަޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކީލިއަން އެމްބާޕޭ އާއި ހެރީކޭން އެވެ. މިހެންވެ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރަކީ ކްލާކް ފާހަގަކުރާ ގޮތުގައި ޓީމުގެ މައިބަދަ އެވެ.

ނިމިދިޔަ ސީޒަނަކީ 27 އަހަރުގެ ކުޅުންތެރިޔާގެ އެންމެ ވިދުންގަދަ ސީޒަނެވެ. ކުލަބާއި ގައުމީ ޓީމުގައިވެސްމެ އެވެ. އޭނާ އަކީ މިޣެ ކުރިން މާ ބޮޑަށް ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައި ފެނިފައިވާ ކުޅުންތެރިއެއްނޫނެވެ.

ކޯޗު: ސްޓީވް ކްލާކް

ކޯޗު: ސްޓީވް ކްލާކް

14 އަހަރަށް ފަހު ސްކޮޓްލޭންޑް ޔޫރޯ އަށް ވިދިވިދިގެން ކޮލިފައިކޮށްދިނުމުގެ ހުރިހާ ކްރެޑިޓެއް އޮތީ ސްޓީވް ކްލާކަށެވެ. ވެސްޓް ބްރޮމްގެ ކުރީގެ ކޯޗު ވަނީ 2019 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވުމަށްފަހު އޭނާގެ ކޯޗުކަމުގައި ކުޅުނު 53 މެޗުގެ ތެރެއިން ދެބައިކުޅެ އެއްބައި މެޗުތައް ކާމިޔާބުކޮށްފަ އެވެ. މިއީ އޭނާއަށް ކޯޗުކަންދިއިރު އެކަކު ވެސް އުއްމީދުކުރި ކަމެއްނޫނެވެ. އޭނާގެ ކޯޗުކަމުގައި ސްކޮޓްލޭންޑް ގައުމީ ޓީމު ކުރިއަރާފައިވަނީ ދަނޑުމަތީގައި އެކަންޏެއްނޫނެވެ. ޓީމުގެ މޮޅު ކުޅުމާއެކު ކުރިން ޓީމާމެދު ހިޔާލުތަފާތުވި އެންމެން މިހާރު ތިބީ ގައުމީ ޓީމުގެ ފަހަތުގަ އެވެ. މިހެންވެ މި ފަހަރުގެ ޔޫރޯ އަކީ އާދައިގެ މުބާރާތަކަށް ނުވާނެ ކަމަށް އެ ގައުމުގެ ގިނަ ބަޔަކާއި ކްލާކް ވެސް އުއްމީދުކުރެ އެވެ.

ޖާޒީ

Scotland - Euro home jersey
ހޯމް ޖާޒީ
Scotland - Euro away jersey
އަވޭ ޖާޒީ

މެޗުތައް

15/06/24 00:00 Group A #1
GER
5
SCO
1
މިއުނިކް: އެލިއާންޒް އެރީނާ
20/06/24 00:00 Group A #2
SCO
1
SUI
1
ކޮލޯން ސްޓޭޑިއަމް
24/06/24 00:00 Group A #3
SCO
0
HUN
1
ސުޓުޓްގާޓް އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.