ސާބިއާ
އާބާދީ:
7.1 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
5
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
މިޓްރޮވިޗް (57 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ޑުސާން ޓަޑިކް (106 މެޗު)
ކޯޗު:
ޑްރަގަން ސްޓޮއިކޮވިޗް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
މިޓްރޮވިޗް، ޕެޓްކޮވިޗް
ކޮލިފައިންގެ ނަތީޖާ:
-
ކޮލިފައިންގެ ނަތީޖާ

ސާބިއާގައި މިވަގުތު އޮތީ މިއިން ދުވަހަކު އެ ގައުމުގައި ނެތްވަރުގެ ހުނަރުވެރިންގެ ޓީމެކެވެ. އަދި މިފަހަރުގެ މުބާރާތަކީ 2006 ވަނަ އަހަރު މޮންޓެނީގްރޯ އާއި ސާބިއާ ދެ ގައުމަކަށް ހެދި ފަހުން ޔޫރޯ އަށް ސާބިއާ ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އަދި އެންމެ ފަހުގެ ހަތަރު ވޯލްޑްކަޕުގެ ތެރެއިން ތިން މުބާރާތުގައި އެމީހުން ކެޓީ ފުރަތަމަ ބުރުންނެވެ.

ބައިނަލް އަގްވާމީ މުބާރާތްތަކުގެ ނަތީޖާ ރަނގަޅުނުވި ނަމަވެސް ސާބިއާގެ ބައެއް ކުޅުންތެރިން ދުނިޔޭގެ ފެންވަރުގައި މޮޅެވެ. އޭގެ ތެރޭގައި އެލެގްޒެންޑާ މިޓްރޮވިޗް އާއި ފިލިޕް ކޮސްޓިކް އަދި ސާގޭ މިލިންކޮވިޗް ސަވިކް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ސާބިއާ ކޮލިފައިވީ ހަންގޭރީގެ ފަހަތުން ގްރޫޕް ޖީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ މޮންޓެނީގްރޯއަށްވުރެ ތިން ޕޮއިންޓް އިތުރަށް ލިބުމުންނެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ހަތަރު މެޗެވެ.

އެލެގްޒެންޑާ މިޓްރޮވިޗް

އެލެގްޒެންޑާ މިޓްރޮވިޗް

ފުލަމްގެ ކުރީގެ ފޯވަޑަކީ ސާބިއާގެ ރެކޯޑް ގޯލް ސްކޯރަރެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ މިހާރު ކުޅެނީ 50 މިލިއަން ޕައުންޑަށް ބަދަލުވި ސައޫދީ އަރަބިއާގެ އަލްހިލާލްގަ އެވެ.

އޭނާ ވަނީ ހުސްވި ސީޒަނުގައި ސައޫދީ ލީގުގައި34 މެޗުން 32 ގޯލު ޖަހައިފަ އެވެ.

ކޯޗު: ޑްރަގަން ސްޓޮއިކޮވިޗް

ކޯޗު: ޑްރަގަން ސްޓޮއިކޮވިޗް

ޔޫގޯސްލާވިޔާގެ ކުރީގެ ތަރި ސްޓޮއިކޮވިޗް ސާބިއާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން 11 އަހަރު އޭނާ ކޯޗުކޮށްދިނީ ޖަޕާނާއި ޗައިނާގަ އެވެ.

ގައުމީ ޓީމާ ހަވާލުވުމަށްފަހު އޭނާ ވަނީ 37 މެޗުން 21 މެޗުން ޓީމު މޮޅުކޮށްދީފަ އެވެ. އެކަމަކު އެންމެ ފަހުގެ ވޯލްޑްކަޕުގައި ލިބުނީ އެންމެ ޕޮއިންޓަކަށްވުމުން ސްޓޮއިކޮވިޗް ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.

ޖާޒީ

Serbia - Euro home jersey
ހޯމް ޖާޒީ
Serbia - Euro away jersey
އަވޭ ޖާޒީ

މެޗުތައް

17/06/24 00:00 Group C #1
SRB
0
ENG
1
އައުފްޝާލްކާ އެރީނާ
20/06/24 18:00 Group C #2
SVN
1
SRB
1
މިއުނިކް: އެލިއާންޒް އެރީނާ
26/06/24 00:00 Group C #3
މިއުނިކް: އެލިއާންޒް އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.