ސްލޮވޭނިއާ
އާބާދީ:
2.1 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
3
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ލަޓްކޯ ޒަހޮވިޗް (35 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ބޮސްޓަން ސެޒާ (101 މެޗު)
ކޯޗު:
މެޖާޒް ކެކް:
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ޔާން އޮބްލަކް، ބެންޖަމިން ސެސްކޯ
ކޮލިފައިންގެ ނަތީޖާ

2000 ވަނަ އަހަރުގެ ފަހުން ޔޫރޯ އަށް ކޮލިފައިނުވެ އޮތް ސްލޮވީނިއާ މި ފަހަރު އޮޓެމެޓިކުން ކޮލިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއީ އެމީހުން މިދިޔަ އަހަރުތަކުގައި ކުރިއަރާފައިވާ ވަރު ދައްކުވައިދޭ ނަތީޖާއެކެވެ.

ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ގްރޫޕުގެ ދެ ވަނަ އަށް ދިޔައީ އެއްވަނަ ހޯދި ޑެންމާކާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެގެންނެވެ. ކޮލިފައިންގައި ގްރޫޕް އެޗްއިން އެންމެ ގިނަ ގޯލު ޖެހީ ވެސް ސްލޮވީނިއާ އެވެ. ޖުމުލަ 20 ގޯލު ޖެހިއިރު ބައިކޅަށް ވަނީ އެންމެ ނުވަ ގޯލެވެ.

މިހެންވެ ގްރޫޕުގައި ފައިދާ ގޯލު އެންމެ ގިނަ ޓީމަކީ ވެސް އެއީ އެވެ.

މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި ޕޯޗުގަލް ބަލިކުރެވުމަކީ ވެސް ސްލޮވީނިއާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ބެންޖަމިން ސެސްކޯ

ބެންޖަމިން ސެސްކޯ

އެތްލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރު ޔާން އޮބްލަކް ގޯލުގައި މޮޅަށް ކުޅޭއިރު ޓީމުގެ ތަރިއަކީ ފޯވަޑް ސެސްކޯ އެވެ. ރެޑްބުލް ސަލްސްބާގަގައި ކާމިޔާބު ދެ ސީޒަން ކުޅުމަށްފަހު އޭނާ މިހާރު ކުޅެމުންދަނީ ޖަރުމަނުގެ އާރުބީ ލައިޕްޒެގަސެވެ.

އޭނާ އަކީ ގޯލާ ރައްޓެހި ދުވެލި ބާރު އަދި ކައުންޓަ އެޓޭކްގައި ނުރައްކާތެރިކަން ބޮޑު ފޯވަޑެކެވެ. ހާއްސަކޮށް މަތިން ކުޅޭ ބޯޅަތަކަށް އަރައި ނުރައްކާކުރުމުގައި އޭނާގެ ހުށިހާރުކަން ބޮޑެވެ.

މެޖާޒް ކެކް

ކޯޗު: މެޖާޒް ކެކް

މެޖާޒް ކެކަކީ އިހުގައި ސްލޮވީނިއާ އާއި އޮސްޓްރިއާގެ ޓީމުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. ކޯޗެއްގެ ގޮތުގައި އޭނާ ފެށި ދަތުރުގައި ޔޫރޯ އަށް ކޮލިފައިވެވުމަކީ ދިގު ދަތުރެއް ނިމުމަކަށް އައުމެވެ. އޭނާ ވަނީ 2010ގެ ވޯލްޑްކަޕަށް ސްލޮވީނިއާ ގެންގޮސްދީފަ އެވެ.

އަދި އޭނާ ގައުމީ ޓީމާ ހަވާލުވި ދެ ވަނަ ފަހަރު ޔޫރޯ އަށް ކޮލިފައިކޮށްދިންއިރު އޭނާގެ ކޯޗުކަމުގައި ކުޅުނު 102 މެޗުގެ ތެރެއިން 46 މެޗުން ވަނީ މޮޅުވެފަ އެވެ. އޭނާގެ އުއްމީދަކީ ޔޫރޯގައި ނަތީޖާ ރަނގަޅު ކުރުމެވެ.

ޖާޒީ

Slovenia - Euro home jersey
ހޯމް ޖާޒީ
Slovenia - Euro away jersey
އަވޭ ޖާޒީ

މެޗުތައް

16/06/24 21:00 Group C #1
SVN
1
DEN
1
ސުޓުޓްގާޓް އެރީނާ
20/06/24 18:00 Group C #2
SVN
1
SRB
1
މިއުނިކް: އެލިއާންޒް އެރީނާ
26/06/24 00:00 Group C #3
ކޮލޯން ސްޓޭޑިއަމް
02/07/24 00:00 #4
POR
3
SVN
0
5. ފްރޭންކްފަޓް އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.