އިންގްލެންޑް
އާބާދީ:
67.7 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
10
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ހެރީކޭން (62 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ޕީޓަ ޝިލްޓަން (125 މެޗު)
ކޯޗު:
ގެރެތް ސައުތް ގޭޓް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ހެރީކޭން، ޖޫޑް ބެލިންހަމް
ކޮލިފައިންގެ ނަތީޖާ

ފާއިތުވެދިޔަ ދެ ވޯލްޑްކަޕާއި އެންމެ ފަހުގެ ޔޫރީގެ ނަތީޖާ އަށް ބަލާއިރު މިއީ ސައުތުގޭޓް ނުވަތް އިންގްލޭންޑްގެ ފަހަރު ކަމަށް ބުނަންޖެހެ އެވެ. ޔޫރޯ އަށް ކޮލިފައިވީ ވެސް މެޗަކުން ބަލިނުވެ އެވެ.

އިނގިރޭސިންނަށް ލިބިފައިވާ އެންމެ ބޮޑު އެޑްވާންޓޭޖަކީ އެއް ކުޅުންތެރިންތަކަކާއި ކޯޗަކު ގިނަ ދުވަހު ތިބުމެވެ. ޓީމުގެ ކުޅުންތެރިންނަކީ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނެވެ. ކެޕްޓަން ހެރީކޭން އާއި ޖޫޑް ބެލިންހަމާއި ޖޯޑަން ހެންޑަސަނާއި ޑިކްލައިން ރައީސް ބުކަޔޯ ސަކާ އަކީ އެމީހުގެ މަގާމުގައި ދުނިޔޭގެ އެންމެ ގަދަ ކުޅުންތެރިންނެވެ.

އެކަމަކު ޔޫރޯ އަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި ބްރެޒިލް އަތުން ބަލިވުމާއި ބެލްޖިއަމާ އެއްވަރުމަކީ އިނގިރޭސިންނަށް އަމާޒުވި ހަމަލާއެކެވެ. ޓީމު އަދިވެސް ބޮޑަށް ސީރިއަސްވެ، ތައްޔާރުވާންޖެހޭކަމާއި މުޅި ޓީމު ފުރިހަމަނުވާ ކަމުގެ ސިގްނަލެކެވެ.

މިކަމަށް އެންމެ މުހިންމީ އަނިޔާގައި ތިބި ސީނިއާ ކުޅުންތެރިން ފިޓްވެ ހެޔޮހާލުގައި ތިބުމެވެ.

ޖޫޑް ބެލިންހަމް

ޖޫޑް ބެލިންހަމް

ކޭން އަކީ މިހާތަނަށް ޓީމުގެ ތަރި އެވެ. އެކަމަކު ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު ބެލިންހަމް ދެއްކި މޮޅު ކުޅުމާއެކު އިނގިރޭސި ޓީމުގެ ހަގީގީ ތަރިއަކީ އޭނާ ކަމަށް ބުނަންޖެހެ އެވެ.

އޭނާ ވަނީ މި ސީޒަނުގައި 28 މެޗުން 19 ގޯލު ޖަހާފަ އެވެ. އޭނާގެ ކޮލިޓީ އާއި، އެޓިޓިއުޑާއި ލީޑަރޝިޕަކީ އިނގިރޭސި ޓީމުގެ ތަރިއަކީ އޭނާކަމަށްވި މައިގަނޑު ތިން ސަބަބެވެ. އޭނާ އަކީ މެދުތެރެއިން ކުރިއަރައި ފޯވަޑެއްގެ ފަހަތަށް ކުޅެން ނިމިދިޔަ ސީޒަނުގައި ދުނިޔެއިން ފެނުނު އެންމެ ފައްކާ ކުޅުންތެރިޔާ އެވެ.

ކޯޗު ގެރެތް ސައުތުގޭޓް

ކޯޗު ގެރެތް ސައުތުގޭޓް

ސައުތު ގޭޓް އިނގިރޭސި ކޯޗުކަމުގައި ހުންނަތާ މިއީ އަށް ވަނަ އަހަރެވެ. އޭނާގެ ޓެކްޓިކްސް މަތިން އިނގިރޭސިން ފޫހިވުމުގެ ކުރިން ތައްޓެއް ހޯދަން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ މިއީ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ހަތަރުވަނަ މަގާމާއި އެންމެ ފަހުގެ ޔޫރޯގެ ދެ ވަނަ މަގާމާއެކު މިފަހަރު ތަށި ނުލިބިއްޖެނަމަ ގޭޓަށް ސަޕޯޓަރުންގެ ޕްރެޝަރު ކުރިމަތިވާނެ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ އައު ކޮންޓްރެކްޓްގައި އޭނާ ސޮއިނުކޮށް ހުރި މައިގަނޑު ސަބަބަކީ ވެސް މި ފަހަރުގެ ނަތީޖާ ނުކުންނާނެ ގޮތް ނޭނގުމެވެ. ނަތީޖާ ގޯސްވެއްޖެނަމަ އޭނާ ހުރީ ވަޒީފާ ދޫކޮށްލަން ވެސް ތައްޔާރަށެވެ.

ގޭޓްގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 93 މެޗުގެ ތެރެއިން 53 މެޗުން ވަނީ މޮޅުވެފަ އެވެ. މިހެންވެ އޭނާގެ ޓްރެކް ރެކޯޑާމެދު ސުވާލު ކުރުމުގެ މާބޮޑު ފުރުސަތެއް ނެތެވެ. އެކަމަކު އިނގިރޭސި ކުލަބުތަކުން ވެސް މިހާރު ތިބީ އޭނާގެ އެހީ އަށް އެދިއެދި އެވެ.

ޖާޒީ

England - Euro home jersey
ހޯމް ޖާޒީ
England - Euro away jersey
އަވޭ ޖާޒީ

މެޗުތައް

17/06/24 00:00 Group C #1
SRB
0
ENG
1
އައުފްޝާލްކާ އެރީނާ
20/06/24 21:00 Group C #2
DEN
1
ENG
1
5. ފްރޭންކްފަޓް އެރީނާ
26/06/24 00:00 Group C #3
ކޮލޯން ސްޓޭޑިއަމް
30/06/24 21:00 #4
ENG
2
SVK
1
ހަމްބާގް: ވޮލްކްސްޕާކްސްޓާޑިއަން
06/07/24 21:00 #5
ޑުސެލްޑޯފް އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.