ޑެންމާކް
އާބާދީ:
5.9 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
9
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ޕައުލް ނީލްސަން. ޖޮންދާލް ތޮމަސަން (52 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ސިމޯން ކިޔާ (13 މެޗު)
ކޯޗު:
ކެސްޕާ ހިލްމަންޑް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ކްރިސްޓިއަން އެރިކްސަން ޕިއޭރޭ އެމިލް ހޮއެބާގް
ކޮލިފައިންގެ ނަތީޖާ

ޑެންމާކަކީ 2022ގެ ވޯލްޑްކަޕުގައި އެންމެ ދަށް ނަތީޖާ ނެރުނު އެއް ގައުމެވެ. ދިޔައީ ގްރޫޕުގެ ފުލަށެވެ. އެކަމަކު އޭގެ ކުރީ އަހަރު ކުޅުނު ޔޫރޯގައި އެމީހުން ސެމީ ފައިނަލުގައި އިނގިރޭސިން އަތުން ކެޓީ ރެފްރީ ހެދި ގޯސްތަކުން ކަމަށް މުޅި ދުނިޔެހެން ގަބޫލުކުރި އެވެ.

ޔޫރޯ އަށް ޑެންމާކް ކޮލިފައިވީ ސްލޮވީނިއާ ހިމެނުނު ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ދެ މެޗުން ބަލިވި އެވެ.

ރަމްސުސް ހުޖްލުންޑް

ރަމްސުސް ހުޖްލުންޑް

އިނގިރޭސި ލީގުގެ ފަހު ބައިގައި އޭނާ ދެއްކި ކުޅުމުން މެންޗެސްޓާ ޔުނައިޓެޑުން 70 މިލިއަން ޕައުންޑް އޭނާ ގަތުމަށް ހަރަދުކުރީ ކީއްވެތޯ ސުވާލުކުރާކަށް ނުޖެހޭނެ އެވެ. އުމުރުން 21 އަހަރުގެ ފޯވަޑް ކޮލިފައިންގައި ކުޅުނު އަށް މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ.

މިއީ ވޯލްޑްކަޕުގެ ހިތިކަން ހިތުން ފޮހެލެވުމެއް ކަމަށް ވެސް އޭނާ ވެސް ގަބޫލުކުރެ އެވެ.

ކޯޗު ކެސްޕާ ހިލްމަންޑް

ކޯޗު ކެސްޕާ ހިލްމަންޑް

ހިލްމަންޑަކީ ޑެންމާކުގެ ކުރީގެ ޑިފެންޑަރެކެވެ. 1990 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ގައުމީ ޓީމާ 2020ގައި ހަވާލުވަންދެން އޭނާ ކޯޗުކޮށްދެމުން އައީ މުޅިންވެސް މެދުފަންތީގެ ޓީމުތަކަށެވެ.

ޑެންމާކުގެ ކޯޗުކަމުގައި އޭނާ ވަނީ 49 މެޗުން 31 ފަހަރު މޮޅުވެފަ އެވެ. އެންމެ ބޮޑު ކާމިޔާބީ އަކީ 2020ގެ ޔޫރޯގެ ތިން ވަނަ ލިބުމެވެ. މިހެންވެ އޭނާ އުއްމީދު ކުރަނީ މި ފަހަރުގެ ހުރިހާ ގޮތަކުން ވެސް ކާމިޔާބު މުބާރާތަކަށް ހެދިދާނެ ކަމަށެވެ.

ޖާޒީ

Denmark - Euro home jersey
ހޯމް ޖާޒީ
Denmark - Euro away jersey
އަވޭ ޖާޒީ

މެޗުތައް

16/06/24 21:00 Group C #1
SVN
1
DEN
1
ސުޓުޓްގާޓް އެރީނާ
20/06/24 21:00 Group C #2
DEN
1
ENG
1
5. ފްރޭންކްފަޓް އެރީނާ
26/06/24 00:00 Group C #3
މިއުނިކް: އެލިއާންޒް އެރީނާ
30/06/24 00:00 #4
GER
2
DEN
0
އައުފްޝާލްކާ އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.