ޔޫކްރޭން
އާބާދީ:
36.7 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
3
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
އަންދްރޭ ޝެވްޗެންކޯ (48 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
އެނަޓޮލީ (144 މެޗު)
ކޯޗު:
ޝެރްހީ ރެބްރޯވް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
އަންދްރޭ ލުނިން، ޒިންޗެންކޯ
ކޮލިފައިންގެ ނަތީޖާ

ރަޝިޔާއިން ޔުކްރޭނުގެ އެކި ހިސާބުތަކުގައި ކުރާ ހަނގުރާމައިގެ ސަބަބުން ވީރާވަމުންދާ ޔުކްރޭން ވަނީ ކޮލިފައިންގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އެމީހުން މުބާރާތަށް ކޮލިފައިވީ އިންގްލޭންޑާއި އިޓަލީގެ ފަހަތުން ގްރޫޕް ސީގެ ތިން ވަނަ ލިބުމުން ޕްލޭއޯފް ކުޅެގެންނެވެ.

ބޮސްނިއާ އާއި އައިސްލޭންޑްގެ މައްޗަށް ޕްލޭއޯފްގައި ކާމިޔާބު ހޯދައި ކޮލިފައިވުމުން މި ފަހަރުގެ ޔޫރޯގައި ގިނަ ބައެއްގެ ދެ ވަނަ ޓީމަކަށްވާނީ އެމީހުންނެވެ.

ސަބަބަކީ ހަނގުރާމައިގެ ސަބަބުން ގައުމުގެ ރައްޔިތުން އުޅެންޖެހިފައިވާ ދަތިހާލުގެ ސަބަބުން ހަމްދަރުދީގެ ތަރުހީބު ލިބޭނެތީ އެވެ.

ޔުކްރޭނަކީ ތަރިންގެ ޓީމެކެވެ. މި ހުރިހާ ކުޅުންތެރިން ވެސް ކުޅެނީ ގައުމުން ބޭރުގަ އެވެ. ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު މެޗުތައް ކުޅެފައިވަނީ ޔޫރަޕުގެ އެކި ގައުމުތަކުގެ އެވެ. ސްލޮވާކިޔާ އާއި ޖަރުމަނާއި ޗެކްރިޕަބްލިކާއި ޕޮލެންޑްގަ އެވެ.

މިހައިލޯ މުޑްރީކް

މިހައިލޯ މުޑްރީކް

ޗެލްސީގެ ތަރި މިޑްރީކަކީ ޓީމުގެ އެންމެ ވިދުންގަދަ ތަރި އެވެ. ޝަކްޓާ ޑޮނެސްކުން 62 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވި ކުޅުންތެރިޔާ އަކީ އައިސްލޭންޑްކޮޅަށް ގޯލު ޖަހައިގެން ޔޫރޯ އަށް ޓީމު ކޮލިފައިކޮށްދިން ކުޅުންތެރިޔާ އެވެ. މި ފަހަރުގެ މުބާރާތަކީ ޔޫރަޕުގައި ވިދާލުމަށް އޭނާ އަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

ކޯޗު: ސާހީ ރީބްރޯވް

ކޯޗު: ސާހީ ރީބްރޯވް

އޭނާ އަކީ ޕްރެމިއާ ލީގުގައި ޓޮޓެންހަމާއި ވެސްޓްހޭމްގެ އިތުރުން ޔުކްރޭނުގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑެވެ.

އޭނާ ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރު އެވެ. ޔުކްރޭނާ ހަވާލުވުމުގެ ކުރިން އޭނާ ކޯޗުކޮށްދިނީ ސައުދީ އަރަބިއާ އާއި ޔޫއޭއީ އަދި ހަންގޭރީގެ ކުލަބަކަށެވެ. ޔޫރޯ ކޮލިފައިންގައި އޭނާގެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން 6 މެޗު ކާމިޔާބުކުރި އެވެ. ބަލިވެ އަދި އެއްވަރުވީ ވެސް ދެ މެޗުންނެވެ.

ޖާޒީ

Ukraine - Euro home jersey
ހޯމް ޖާޒީ
Ukraine - Euro away jersey
އަވޭ ޖާޒީ

މެޗުތައް

17/06/24 18:00 Group E #1
ROU
3
UKR
0
މިއުނިކް: އެލިއާންޒް އެރީނާ
21/06/24 18:00 Group E #2
SVK
1
UKR
2
ޑުސެލްޑޯފް އެރީނާ
26/06/24 21:00 Group E #3
ސުޓުޓްގާޓް އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.