ރޮމޭނިއާ
އާބާދީ:
•އާބާދީ: 19.8 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
5
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
އެޑްރިއަން މުތޫ، ޖިއޯޖީ ހާޖީ (35 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ޑޯރިނެލް މުންޓެއާނޯ (134 މެޗު)
ކޯޗު:
ނޮކޮލޭ ސްޓަނިއު
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
އަންދްރޭ ރަޓިއު، ރަޑޫ ޑްރަގުސިން
ކޮލިފައިންގެ ނަތީޖާ:
-
ކޮލިފައިންގެ ނަތީޖާ

ރޫމޭނިޔާ ގިނަ ބަޔަކު ދަންނަނީ ބޮޑު މުބާރާތްތަކުގައި ކުޅޭތީ އެއްނޫނެވެ. މި ފަހަރުގެ ޔޫރޯ އަށް އެ ގައުމު ކޮލިފައިވީ ރޫމޭނިޔާގެ ސަރުކާރާ ގުޅިގެން އެ ގައުމުގެ އެފްއޭއިން ތައްޔާރުކުރި ދުރުރާސްތާ ޕްލޭނަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.

ރޫމޭނިޔާގެ ޒުވާން ކުޅުންތެރިން ވަނީ ޔޫރަޕުގެ 19 އަހަރުން ދަށުގެ މުބާރާތުގައި 1019 ވަނަ އަހަރު އިނގިރޭސިން ބަލިކޮށްފަ އެވެ. އެއިރު އިނގިރޭސި ޓީމުގައި މެސަން މައުންޓާއި ޖޭމްސް މެޑިސަން އާއި ފިކަޔޯ ޓޮމާރީ ފަދަ ކުޅުންތެރިން ތިއްބެވެ. ރޫމޭނިޔާގެ 19 އަހަރުންދަށުގެ ޓީމުގައި އެއިރު ހިމެނުނު ގިނަ ގިނަ ކުޅުންތެރިންނަކީ މިހާރު ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

ކޮލިފައިންގައި ރޫމޭނިޔާ ވަނީ އެއްވެސް މެޗަކުން ބަލިނުވެ 22 ޕޮއިންޓް ހޯދައިފަ އެވެ. އެއީ ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ، ހަތަރު މެޗު އެއްވަރުކޮށްގެންނެވެ. އަދި ގްރޫޕްގެ އެއްވަނާގައި ކޮލިފައިން ނިންމާލީ ދެ ވަނަ ހޯދި ސްވިޒަލޭންޑަށްވުރެ ފަސް ޕޮއިންޓް ކުރީގައި އޮވެގެންނެވެ. ކޮލިފައިންގައި އެމީހުން ޖެހީ 16 ގޯލެވެ.

ބައިކޮޅަށް ވަނީ ފަސް ގޯލެވެ. މިކަމުން ދައްކައިދެނީ އެމީހުންގެ މެޗުތަކުގެ ވާދަވެރިކަން ބޮޑުކަމާއި ގޯލް ޖެހުމުގައި ކޮށިކަމެއް ހުރިކަމެވެ. އަދި މޮޅުވެފައިވަނީ ވަރަށް ހަނި ނަތީޖާއަކުން ކަމެވެ.

ޖޯޖް ޕުސްކާސް

ޖޯޖް ޕުސްކާސް

ޕުސްކާސް ގިނަ ބަޔަކު ދަންނާނީ އިނގިރޭސި ކުލަބު ރެޑިން އަށް ކުޅުނު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިހާރު އިޓަލީގެ ބާރީ އަށް ކުޅޭ ފޯވަޑް ވަނީ 41 މެޗުން 11 ގޯލު ޖަހައިފަ އެވެ.

މިއަށްވުރެ ފުރިހަމަ ރެކޯޑެއް އެތް ރޫމޭނިޔާގެ ހަމައެކަނި ކުޅުންތެރިއަކީ 67 މެޗުން 14 ގޯލު ޖެހި ނިކޮލޭ ސްޓަންކުއި އެވެ.

އޭނާ އަކީ ބާރަށް ދުވާ އަދި ކައުންޓައެޓޭކްގައި ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. އިދިކޮޅު ޑިފެންޑަރުން ގޮވައިގެން އެނބިރިގަންނަން ފަރިތަ މީހެކެވެ.

ކޯޗު: އެޑްވަޑް އިއޯޑަނަސްކޫ

ކޯޗު: އެޑްވަޑް އިއޯޑަނަސްކޫ

އިއޯޑަނަސްކޫ އަކީ ރޫމޭނިޔާގެ ކުލަބުތަކުގައި މަސައްކަތް ކުރި ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ގައުމީ ޓީމާ ހަވާލުވުމަށްފަހު ބަލިކުރަން އުނދަގޫ ޓީމަކަށް ރޫމޭނިޔާ ހަދައިދީފަ އެވެ.

އޭނާގެ މަސައްކަތުން ނިންމާލި ރަނގަޅު ކޮލިފައިން ކެމްޕޭނުގެ ސަބަބުން ޔޫރޯ ގުރުނެގިއިރު ރޫމޭނިޔާ އޮތީ ދެ ވަނަ ސީޑުގައި ރޭންކްކޮށްފަ އެވެ. މިއީ ޔޫރީގެ ދެ ވަނަ ބުރަށް ދިއުމަށް އެމީހުންނަށް ލިބުނު ހިތްވަރެކެވެ.

ޖާޒީ

Romania - Euro home jersey
ހޯމް ޖާޒީ
Romania - Euro away jersey
އަވޭ ޖާޒީ

މެޗުތައް

17/06/24 18:00 Group E #1
ROU
3
UKR
0
މިއުނިކް: އެލިއާންޒް އެރީނާ
23/06/24 00:00 Group E #2
BEL
2
ROU
0
ކޮލޯން ސްޓޭޑިއަމް
26/06/24 21:00 Group E #3
SVK
1
ROU
1
5. ފްރޭންކްފަޓް އެރީނާ
02/07/24 21:00 #4
ROU
0
NED
3
މިއުނިކް: އެލިއާންޒް އެރީނާ
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.