އޮސްޓްރިއާ
އާބާދީ:
8.9 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
3
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ޓޯނީ ޕޯލްސްޓާ (44 ގޯލު)
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
މާކޯ އަރްނައުޓޮވިޗް (111 މެޗު)
ކޯޗު:
ރަލްފް ރަންގްނިކް
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ސްޓެފަން ލައިނާ، މާކޯ އަރްނައުޓޮވިޗް
ކޮލިފައިންގެ ނަތީޖާ

އެތައް ކޯޗުންނަކާ ގައުމީ ޓީމު ހަވާލުކުރުމަށް ފަހު ނުކުރެވުނު ކަންތައް ކުރި މީހަކަށްވީ ކޯޗު ރަލްފް ރަންގްނިކެވެ. އޭނާ ޓީމާ ހަވާލުވީ 2022ގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ވަނީ އެޓޭކިން ފުޓްބޯޅައެއް ކުޅުވަން ފަށައި މުޅި އޮސްޓްރިއާގައި ފުޓްބޯޅަ ވައިގައި ހިއްޕާލުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. ރެޑްބުލް ސިސްޓަމްގެ ތެރޭގައި ތިބި އެތައް ކުޅުންތެރިންނަކާ ވާހަކަ ދައްކައި އޭނާ ވަނީ ޓީމުގެ ރޫހު ރަނގަޅުކޮށްފަ އެވެ.

ކޮލިފައިންގައި އަށް މެޗުން އޮސްޓްރިއާ ވަނީ 19 ޕޮއިންޓް ހޯދައިފަ އެވެ. މިއީ އެއްވަނަ ހޯދި ބެލްޖިއަމަށްވުރެ އެންމެ ޕޮއިންޓެއް މަދު އަދަދެކެވެ.

ކްރިސްޓޯފް ބާމްގާޓްނާ

ކްރިސްޓޯފް ބާމްގާޓްނާ:

ޓީމުގެ ހުނަރުވެރި އެތައް ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ލައިޕްޒިގްގެ މިޑްފީލްޑަރު ކްރިސްޓޯފް މާންގާޓްނާ އެވެ. 24 އަހަރުގެ ކުޅުންތެރިޔާ ވަނީ ރަންގްނިކްގެ ކޯޗުކަމުގައި މޮޅަށް ކުޅެން ފަށައި 36 މެޗުގައި 13 ގޯލު ޖަހައިދީފަ އެވެ.

އޭނާ ސްލޮވާކިޔާ ކޮޅަށް ޖެހި ގޯލަކީ ބައިނަލް އަގްވާމީ ފުޓްބޯޅައިގެ އެންމެ އަވަސް ގޯލެވެ. އެއީ އެންމެ ހަ ސިކުންތުން ޖެހި ގޯލެކެވެ.

ކޯޗު: ރަލްފް ރަންގްނިކް

ކޯޗު: ރަލްފް ރަންގްނިކް

މެންޗެސްޓާ ޔުނައިޓެޑްގައި އުނފަގޫ ދުވަސްތަކެއް ހޭދަކުރުމުން އިނގިރޭސި ވިލާތުގައި އޭނާގެ ވާހަކަ ދެކެވެނީ ކަމެއްނުވި މީހެއްގެ ގޮތުގަ އެވެ.

އެކަމަކު އޭނާ ގަބޫލުކުރާ ވާޓިނަލް ފުޓްބޯޅަ އޮސްޓްރިޔާގައި އޭނާ ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދަން ފަށައިފަ އެވެ. ހުނަރުވެރި ކުޅުންތެރިން އޮސްޓްރިއާގައި ގިނަވެ، ލީގުގެ މެޗުތައް ބަލަން ވަންނަ މީހުންގެ އަދަދު ގިނަވެ، ފުޓްބޯޅައި ފޯރި ވައިގައި ހިފީ އޭނާގެ މަސައްކަތުންނެވެ.

ޖާޒީ

Austria - Euro home jersey
ހޯމް ޖާޒީ
Austria - Euro away jersey
އަވޭ ޖާޒީ

މެޗުތައް

18/06/24 00:00 Group D #1
AUT
0
FRA
1
ޑުސެލްޑޯފް އެރީނާ
21/06/24 21:00 Group D #2
POL
1
AUT
3
1. ބާލިން: އޮލިމްޕިއަސްޓޭޑަން ބާލިން
25/06/24 21:00 Group D #3
NED
2
AUT
3
1. ބާލިން: އޮލިމްޕިއަސްޓޭޑަން ބާލިން
03/07/24 00:00 #4
AUT
2
CZE
1
ލައިޕްޒިގް ސްޓޭޑިއަމް
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.