ފްރާންސް
އާބާދީ:
64.7 މިލިއަން މީހުން
ފީފާ ރޭންކިން:
-
ޔޫރޯގައި ކުޅުނު އަދަދު:
10
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
އޮލީވިއާ ޖީރޫޑް، 57 ގޯލު
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ހޫގޯ ލޮރިސް، 145 މެޗު
ކޯޗު:
ޑިޑިއޭ ޑެޝޯން
އެންމެ ފާހަގަކޮށްލެވޭ 2 ކުޅުންތެރިން:
ކީލިއަން އެމްބާޕޭ، އެންޓޮއިން ގްރިއެޒްމަން
ކޮލިފައިންގެ ނަތީޖާ:
-
ކޮލިފައިންގެ ނަތީޖާ

ފްރާންސަކީ މިދިޔަ އަށެއްކަ އަހަރުގެ ތެރޭގައި އެއް ފެންވަރެއްގެ ސްކޮޑެއް އޮތް ޔޫރަޕުގެ އެންމެ މޮޅު ޓީމޭ ބުނެވިދާނެ އެވެ. 2018ގެ ވޯލްޑްކަޕުގެ ޗެމްޕިއަން އަދި 2022ގެ ރަނަރަބް އަކީ މި ޔޫރޯގެ ފެވަރިޓުން ކަމަށް ބުނެވިދާނެ އެވެ.

އެކަމަކު ދެރަ ނަތީޖާއަކާއެކު 2020ގެ ޔޫރޯގެ ދެ ވަނަ ބުރުން ސްވިޒަލޭންޑް އަތުން ބަލިވި، ބަލިވުމަކީ ފްރާންސުން ކުދި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.

ފްރާންސްގެ ކޮންމެ ކުޅުންތެރިއަކީ ވެސް ޔޫރަޕުގެ ގަދަ ޓީމަކަށް ކުޅޭ މޮޅު ކުޅުންތެރިއެކެވެ. މިހެންވެ އެމީހުން ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކުޅެން ފަށައިފިނަމަ، ފްރާންސްގެ ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާ ފަހަތަށް އެއްލާން އެހެން ޓީމަކަށް އުނދަގޫވާނެ އެވެ. ކޮންމެ ޓީމަކުން ވެސް ފްރާންސާ ކުޅެން ޖެހިލުންވާނެ އެވެ.

ކީލިއަން އެމްބާޕޭ

ކީލިއަން އެމްބާޕޭ

77 މެޗުން 46 ގޯލު ގައުމީ ޓީމަށް ވަނީ ޖަހައިދީފަ އެވެ. އުމުރުން އެންމެ 25 އަހަރުގައި އެމްބާޕޭގެ މިހާރުގެ ޓާގެޓަކީ ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދުމެވެ.

ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމުގެ ވާހަތަކާއެކު ގިނަ މެޗުތަކުގައި 90 މިނިޓް ފުރިހަމަކުރަން ޕީއެސްޖީން ފުރުސަތު ދީފައިނުވާއިރު ވެސް އޭނާ ވަނީ 48 މެޗުން 44 ގޯލު ޖަހައިދީ އޭނާގެ ފެންވަރު ސާބިތުކޮށްދީފަ އެވެ.

ޕީއެސްޖީން އޭނާ ލައްވައި ފުރިހަމަ މެޗު ނުކުޅެވުމާއެކު ޔޫރޯ އަށް އެމްބާޕޭ އަންނަނީ ލޮޑުވެފައިނުވާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ. މިއީ އެހެން ކުޅުންތެރިންނަށްވުރެ ބޮޑަށް އޭނާ އަށް ލިބޭނެ އެޑްވާންޓޭޖެކެވެ.

ޑިޑިއޭ ޑެޝޯން

ކޯޗު: ޑިޑިއޭ ޑެޝޯން

ޑެޝޯން އަކީ ކުރީގެ ކެޕްޓަނެވެ. 1998ގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކެޕްޓަނެވެ. މިއީ ގައުމީ ކޯޗުކަމުގައި އޭނާގެ 12 ވަނަ އަހަރެވެ.

ދެ ފަހަރު ވޯލްޑްކަޕް ފައިނަލް ކުޅެ 2018ގައި ތަށި ހޯދައިދީފި އެވެ. އޭނާގެ ކޯޗުކަމުގައި 151 މެޗު ކުޅެ 98 މެޗުން ޓީމު މޮޅުވެއްޖެ އެވެ.

އޭނާގެ ކޯޗުކަމުގައި ބައިނަލް އަގްވާމީ ފަސް މުބާރާތުގައި ކުޅެ އެއް ތައްޓާއި ދެ ރިހި މެޑަލް ހޯދުމުން މި ފަހަރުގެ ޔޫރޯގައި އޭނާފަދަ ވިދުންގަދަ އެހެން ކޯޗަކު ނުފެންނާނެ އެވެ.

ޖާޒީ

France - Euro home jersey
ހޯމް ޖާޒީ
France - Euro away jersey
އަވޭ ޖާޒީ

މެޗުތައް

18/06/24 00:00 Group D #1
AUT
0
FRA
1
ޑުސެލްޑޯފް އެރީނާ
22/06/24 00:00 Group D #2
ލައިޕްޒިގް ސްޓޭޑިއަމް
25/06/24 21:00 Group D #3
FRA
1
POL
1
3. ޑޯޓްމުންޑް: ސިގްނަލް އިދުނާ ޕާކް
01/07/24 21:00 #4
FRA
1
BEL
0
ޑުސެލްޑޯފް އެރީނާ
06/07/24 00:00 #5
ހަމްބާގް: ވޮލްކްސްޕާކްސްޓާޑިއަން
ފޮޓޯ ގެލެރީ
Copyright © 2024, Raajje Television Pvt Ltd. All rights reserved.